
ކަސްޓަމްސްއިން ކުރިން އަތުލައިގަތް މަސްތުވާތަކެތި
އާ ބާވަތެއްގެ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކޮށްފި
އަހުމަދު ހަސަން
15 ނޮވެންބަރ 2022 - 10:10:42
މީގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައި ނުވާ އާ ބާވަތެއްގެ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކެ ކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މީގެ ކުރިން ރާއްޖެއަށް ގެނެސްފައިނުވާ މަސްތުވާ އެއްޗެއް އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕާރުސަލެއްގެ ތެރެއިން ކަމަށެވެ. ގާތްގަނޑަކަށް ބައި ކިލޯއަށްވުރެ ބަރު މި ތަކެތި އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން މިއަދު ބުނި ނަމަވެސް އެ ތަކެތި އެތެރެކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށް ކަސްޓަމުން ބުންޏެވެ.
މަސްތުވާތަކެތީގެ އާ ވައްތަރެއް ރާއްޖެއަށް އެތެރެކުރިކަން ކަސްޓަމްސްއިން ހާމަކުރިއިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި މި ހަފްތާގައިވެސް މީހަކު އުމުރަށް ޖަލަށްލާފައިވެއެވެ.
މި ތަކެތި އަތުލާގަނެފައިވަނީ ބަހްރެއިން އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލަކުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް