ads
މިނިސްޓަރު ޔުމްނާ މަޖިލީހުގައި ކުރެވުނު ސުވާލުތަކަށް ޖަވާބުދާރީ ވަނީ،(16/11/22)
މެދު ޒިޔާރަތުގައި ދިދަ ނެގީ ދާއިމަކަށް ނޫން، ބޭލީ ފާޑުކިޔުމަކުން ވެސް ނޫން: މިނިސްޓަރު
މެދު ޒިޔާރަތުގައި ދިދަ ނެގީ ދާއިމަށް ނޫން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން 30 އަހަރަށްފަހު މެދުޒިޔާރަތުގައި ދިދަ ނެގުމުން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން އެ ދިދަ ބޭލި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު މަޖިލީހުގައި މިނިސްޓަރު ޔުމްނާ އާއި ސުވާލުކުރައްވާފައި ވެއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ދިދަ ނެނގީ ވަކި ދުވަސްތަކެއް ފާހަގަކުރުމުގެ ގޮތުން އެދުވަހަކާއި ގުޅިގެން ކަމަށާއި، ދިދަ ބޭލީ އެދުވަސް ނިމުމުން ކަމަށެވެ.

” މީގެ ކުރިންވެސް ދިދަ ނަގާފައިވަނީ އެކި ދުވަސްތައް ފާހަގަކުރުމުގެ ގޮތުން، އެގޮތުގެ މަތިން ޖުމްހޫރީ ދުވަހާއި ގުޅިގެން އަޅުގަނޑުމެން ދިދަ ނެގީ. ދެން ދިދަ ތިރިކުރީ އެދުވަސް ނިމުމަކާއި ހަމަޔަށް އައިމަ. “ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދާއިމީ ގޮތަކަށް ދިދަ ނަނގާފައި ބެހެއްޓުމަކީ މާލީ ގޮތުން އަދި ސަގާފީގޮތުން ބަލާއިރުވެސް އެހާ ފަސޭހަ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ޖުމްހޫރީ ދުވަހާއި ގުޅުވައިގެން މެދު ޒިޔާރަތުގައި ނެގި ދިދަ އަކީ ދާއިމަށް ދިދަ ނެގުމަށް ނިންމައިގެން ނެގި ދިދައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އިސްލާމްދީނަށް ވެއްދެވި މޮރޮކޯގެ މަޝްހޫރު އިލްމުވެރިޔާ އަބުލްބަރަކާތުލް ޔޫސުފް އަލް ބަރުބަރީގެ މަހާނަ އެވެ. މި މަހާނައަކީ ސުލްހަވެރިކަމުގެ ރަމްޒެކެވެ.

މި ޒިޔާރަތުގައި ދިދަ ނެގުމާއިއެކު އެކަމުގައި ގިނަ ބައެއްގެ ހިޔާލު ދެކަފިވިއެވެ. ބައެއް މީހުން މިކަމަށް ތައުރީފުކުރިއިރު، ދީނީ އިލްމުވެރިންގެ ގިނަ ބޭފުޅުން މިކަމާ ދެކޮޅެވެ. 

އަނެއްބަޔަކު ބުނީ މެދު ޒިޔާރަތުގައި ދިދަ ނަގަން ފެށުމުން "މާމަގެ އަތުގަ ހިފައިގެން މެދުޒިޔާރަތް ދޮށުން ދިޔަ ހަނދާންތައް ހިތްމައްޗަށް ގެނެވި، އުފާވެރި އިހުސާސްތަކެއް ކުރުވި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް