ads
އާމިރު ހާން ލާލް ސިންގްހް ޗައްޑާ ގެ މަންޒަރެއްގަ
ތިއޭޓަރުތަކުން ބޮއިކޮޓު ކުރި އާމިރު ހާންގެ ފިލްމު ނެޓް ފްލިކްސްގައި ހިޓްވެއްޖެ
ތިއޭޓަރުތަކުން ބޮއިކޮޓު ކުރުމުގެ ސަބަބުން ފްލޮޕްވި އާމިރު ހާންގެ ފިލްމު ނެޓް ފްލިކްސްގައި ހިޓްވެއްޖެއެވެ.
Advertisement

"ލާލް ސިންގްހް ޗައްޑާ" ކިޔާ ފިލްމު ރިލީޒް ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓު 11 ވަނަ ދުވަހު އެވެ. 

ނަަމަމަވެސް ފިލްމާ ގުޅޭގޮތުން އިންޑިއާގައި ފެތުރުނު ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު ތިއޭޓަރުތަކަށް ނުވަދެ ފިލްމު ބޮއިކޮޓު. ކުރިއެވެ. 

މި ފިލްމު ނެޓްފްލިކްސް އަށް ލާފައިވަނީ އޮކްޓޫބަރު 6 ވަނަ ދުވަހު އެވެ. ނަމަވެސް ނެޓްފްލިކްސް އަށް ފިލްމު ލުމާއެކު ގިނަ ބަޔަކުވަނީ ފިލްމު ބަލައި އެ ފިލްމަށް ތައުރީފުކޮށްފައެވެ. 

ތިއޭޓަރުގައި ފިލްމު ބޮއިކޮޓު ކުރެވުނީތީ ހިތާމަކުރާކަމަށް ބުނެ އާމިރު ހާންގެ ގިނަ ފޭނުން ގެންދަނީ އޭނާކިބައިން ސޯޝަލް މީޑިއާގައި މައާފަށް ވެސް އެދެމުންނެވެ. 

"ގިނަ ބަަޔަކު ޓުވިޓާއިން ވެސް އަޅުގަނޑު ގާތު އަންނަނީ މައާފަށް އެދެމުން. އަޅުގަނޑު މި ބުނަނީ މިކަމާ ދެރަވާނަމަ އާމަރު ހާން ޕްރޮޑަކްޝަން އަށް 500 ރުޕީޒް ޓްރާންފާ ކުރައްވާށާ ކޮންމެ ފޭނެއްވެސް،" ތިއޭޓަރު ތަކުގައި ފްލޮޕްވި ފިލްމާއި ގުޅޭގޮތުން ވާހަަކަ ދައްކަމުން އެ ފިލްމުގެ ބޮޑު ރޯލެއް އަދާކުރާ މަނަވް ވިޖް ބުނެފައިވެއެވެ.

މި ފިލްމު ޑައިރެކްޓު ކުރީ އަޑްވީތާ ޗަންޑަން އެވެ. މި ފިލްމުގައި ދައްކުވައިދެނީ 1999 ވަނަ އަހަރު އިންޑިއާއި ޕާކިސްތާނާއި ދެމެދު ހިނގާދިޔަ ހަނގުރާމައި އުޅުނު ލާލް ސިންގްހް ޗައްޑާ ކިޔާ ހަނގުރާމަވެރިއަކަަށް ދިމާވާ ކަންތައްތަކެކެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް