ads
ހުޅުމާލޭ ފޭސް އެކެއްގައި އަޅައި ފްލެޓްތަަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޗްޑީސީގެ މުވައްޒަފުންނަށް ހުޅުމާލެއިން 646 ފްލެޓް ދެނީ
އަހަރުތަކެއް ވަންދެން ހުއްޓިފައި އޮތް އެޗްޑީސީގެ ސްޓާފް ހައުސިން މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށާ ޔުނިޓުތައް މުވައްޒަފުންނާއި ހަވާލުކޮށްފި އެވެެ.

އެ މަޝްރޫއުއަކީ 2016 ވަނަ އަހަރު އެޗްޑީސީގެ މުވައްޒަފުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ފެށި މަޝްރޫއު އެކެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވަނިކޮށް 2021 ވަނަ އަހަރު ކޮންޓްރެކްޓަރާއި ގިނަ މަޝްވަރާތަކެއް ކުރެވި މިހާރު މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. 

އެޗްޑީސީން ”ސީއެންއެމް“ އަށް ބުނީ، އެޗްޑީސީގެ މުވައްޒަފުންނަށް 646 ޔުނިޓް ކަނޑައެޅިފައިވާއިރު، ކުރިޔަށް އޮތް ޑިސެމްބަރު މަސް ތެރޭގައި ފްލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. 

އެޗްޑީސީން ބުނީ ވީހާވެސް އަވަހަކަށް މިމަޝްރޫއުގެ މަސައްކަތްތައް ނިންމާ، މުވައްޒަފުންގެ އަމިއްލަ ފްލެޓަށް ވަނުމަށް ދެކެމުންދާ ހުވަފެން ހަގީގަތަކަށް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެޗްޑީސީގެ ހައުސިން ސްކީމް ކުރިއަށް ގެންދަނީ މުވައްޒަފުން ކުންފުންޏަށް ހިދުމަތްކޮށްދީފައިވާ މުއްދަތާއި ޕަފޯމެންސްގެ އިތުރުން ގެދޮރު ހާލަތަށް ބެލިގެން، އެއްވެސް ޖިންސެއް ނުވަތަ ގިންތިއަކަށް ތަފާތު ކުރުމެއްނެތި ކަމަށާއި، އެ މަޝްރޫއުގެ ސަބަބުން އެޗްޑީސީގެ މުވައްޒަފުންނާއި އާއިލާތަކަށް ދިރިއުޅުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. 

އެޗްޑީސީ މުވައްޒަފުންނަށް ފްލެޓުތައް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާ، ރީތިގަސް ހައުސިން މަޝްރޫއު އިންނެވެ. ކޮންމެ ބްލޮކެއްގައި 14 ބުރީގެ ހަތަރު ޓަވަރު ހިމެނޭ މި ފްލެޓުތަކުގައި ހިމެނެނީ 1-3 ކޮޓަރީގެ އެޕާޓުމެންޓުތަކެވެ.

މީގެ ކުރިން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ޓަވަރުގެ މަސައްކަތް މިއަހަރުގެ އޮގަސްޓަށް  ނިމޭއިރު، ދެވަނަ ޓަވަރު، 2023 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭ އަދި ތިން ވަނަ ޓަވަރުގެ މަސަައްކަތް 2024 ވަނަ އަހަރުގެ ޖެނުއަރީ އަށް ނިމޭނެ އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް