ads
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އައިއޭއެސްގެ އޮޑިޓް ރިޕޯޓު ހުށަހަޅުއްވަނީ-- ފޮޓޯ: މަޖިލިސް
އައިލެންޑް އޭވިއޭޝަންގެ ހަރަދު ބޮޑު، އެކަމަކު ހިންގުމަށް ހުރަހެއް ނެތް: އޮޑިޓް ރިޕޯޓް
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ކުރާ ހަރަދުތައް އިތުރުވި ނަމަވެސް، ކުންފުނި ހިންގަން މާލީ ގޮތުން ހުރަސް އެޅޭހާ ގޯސް ނޫން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އައިއޭއެސްއާ ގުޅިގެން ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުން ދަނިކޮށް، ރައީސް އޮފީހުން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓުގެ ރިޕޯޓު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅާފަ އެވެ. 

އޮޑިޓަ ޖެނެރަލް އޮފީހުގެ ޑިރެކްޓަރު އެސްއޯއީ އެންޑް އެސްބީ އިބްރާހިމް ފަޒީލް ވިދާޅުވީ 2013 އިން 2018 އަށް އައިއޭއެސްގެ އާމްދަނީ އިތުރުވި ނަމަވެސް، ހަރަދު ބޮޑުވުމުން ފައިދާ ދަށްވެފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރާ އަޅާ ބަލާއިރު 113 އިންސައްތައިގެ ކުރިއެރުމަކާއެކު 2018 ގައި 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

ނަމަވެސް ހިންގުމުގެ ހަރަދު ބޮޑުވުމުން ފައިދާ ވަނީ ދަށް ވާން ފަށާފައި ކަމަށް ފަޒީލް ވިދާޅުވި އެވެ. އެކަމަކު އެއީ މާލީ ގޮތުން ކުންފުނި ހިންގަން ދަތިވާ ވަރުގެ ދަށްވުމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަޒީލް އިތުރަށް ވިދާޅުވީ ދަރަނި އަދާ ކުރުމުގެ ކުންފުންނަށް ދަތިތަކެއް އެބަ ހުރި ކަމަށާއި، އެ ގާބިލަކަން ހުރި ކުންފުންޏަކަށް ހެދުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ހަރަދު ކުޑަ ކުރުމާއި، ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުން އޭގެ ތެރޭގައި ހިމެނެ އެވެ. 

އޭގެ އިތުރުން މިދިޔަ އަހަރު އައިއޭއެސް އަށް ލިބުނު އާމްދަނީ 2018 އާ އަޅާ ބަލާއިރު ދަށްވެފައި ވަނީ ޗާޓަރު ދަތުރުތަކުގެ އަގުހެޔޮ ކުރަން ޖެހުމާއި، ބޭރަށް ކުރަމުން ދިޔަ ޝެޑިއުލް ދަތުރުތަކަށް ޑިމާންޑު ކުޑަވުމާއި، އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމާއި، ވާދަވެރި އެއާލަންތަކެއް އުފެދުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފަޒީލް އިތުރަށް ވިދާޅުވީ އައިއޭއެސްގެ ހިންގުމުގެ ހަރަދު 2016 އިން 2018 އަށް 23 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އެންމެ ބޮޑަށް އިތުރުވެފައި ވަނީ މުވައްޒަފުންނަށް ކުރާ ހަރަދު ކަމަށެވެ. އެގޮތުން 2016 ގައި މުވައްޒަފުންނަށް 293.5 މިލިއަން ރުފިޔާ ހޭދަކުރިއިރު، 2018 ވަނަ އަހަރު 372.4 މިލިއަން ރުފިޔާ ވަނީ މުވައްޒަފުންނަށް ހޭދަކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް