
އުމުރުން އެންމެ ތިން އަހަރުގެ ތުއްތު ކުއްޖަކާ ބެހުނުކަމުގެ ކުށް ސާބިތުވެ ތ. މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެ ރަށު ސްނޯލައިޓް އަބްދުލްބާސިތު މުހައްމަދުގެ މައްޗަށެވެ. އެ ހުކުމް މަޑިފުށީ ކޯޓުން އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ މި މައްސަލައިގެ އަޑު އެހުންތައް ހައިކޯޓުގައި ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާނުލައެވެ. އަދި ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓްވެސް އާއްމު ނުކުރެއެވެ. ހައިކޯޓުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މައްސަލަ ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އަދި ހަސަން ޝަފީއުގެ އިތުރުން ހުޒައިފާ މުހައްމަދެވެ.
މަޑިފުށީ ކޯޓުން 10 އަހަރަށް އަބްދުލްބާސިތު މުހައްމަދު ޖަލަށް ލުމަށް ކުރި ހުކުމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ތާއީދު ކުރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ.