
ވިއްސާރަ ދުވަހެއް——ފޮޓޯ: މިހާރު
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
ފާތިމަތު އަހްމަދު ޝަރީފް
18 ނޮވެންބަރ 2022 - 12:42:51
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެެވެ.
މެޓުން އެންމެ ފަހުން ވައިޓް އެލާޓު ނެރެފައިވަނީ، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމަޔަށެވެ. މެޓުން ނެރުނު އެލާޓުގައިވާގޮތުން މިއަދު 11:00 އިން ހަވީރު 17:00 އާއި ހަަމަޔަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށެވެ.
މިއަދު ހެނދުނު 6:00 އިން 11:00 އާއި ހަމަޔަށް ވެސް ނ. އަތޮޅުން ތ. އަތޮޅާއި ހަމަޔަށް އޮތީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައެވެ.
މިއަދުގެ މޫސުން
މެޓުން މިއަދުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް