ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ އޮޑިޓުން އަނެއްކާވެސް ސީރިއަސް މައްސަލަތަކެއް ފެން މަތިވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންވެސް ސީރިއަސް މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވައި މަޖިލީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް މިދިޔަ ހަފްތާގައި އާއްމު ކުރައްވާފައިވާއިރު އެ ރިޕޯޓުން ފާހަގަވާ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް މަޖިލީހުން މަސައްކަތްކޮށްފައެއް ނުވެއެވެ. 

މީގެ އިތުރުން މަޖިލީހުގެ ހަރުމުދަލުގެ މައުލޫމާތު ރަނގަޅަށް ބަލަހައްޓާފައިނުވާ ކަން ފާހަގަކޮށްފައިވެއެވެ. މަޖިލީހުގެ ހަރުމުދާ ރަނގަޅަށް ބަލަހައްޓާފައިނުވާ ކަން 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ. 

މަޖިލީހުގެ ހަރު މުދާ ބެލެހެއްޓުމުގެ ކަންކަން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާއިރު، މިދިޔަ އަހަރުވެސް މަޖިލީހުގެ ހަރުމުދަލުގެ އަގުން ހަތަރު މިލިއަން ރުފިޔާގެ ފަރަގު އުޅޭކަން އޮޑިޓަ ޖެނެރަލްވަނީ ފާހަގަ ކުރައްވާފައެވެ.

2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ބައިމިލިއަނެއްހާ ރުފިޔާ މަޖިލީހުން ހޯދާފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ މެންބަރުންނާ މުވައްޒަފުންގެ ޓިކެޓްގެ ރިފަންޑް ފައިސާއާ އިތުރަށް ދެވިފައިވާ މުސާރައާއި އިނާޔަތްތައް ހިމެނެއެވެ. މީގެ ތެރެއިން ބައެއް އަދަދުތައް ނުލިބި އަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވިފައިވެއެވެ. 

މަޖިލީހުގެ އިދާރާގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވިފައިވާ ކަންކަން އިސްލާހު ކުރުމަށް އޮޑިޓަ ޖެެނެރަލް ނެރުއްވި ރިޕޯޓުގައިވަނީ ލަފާ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް