ads
ގަތަރު ވޯލްޑްކަޕް ފަށާނީ އާދިއްތަ ދުވަހު
ވޯލްޑްކަޕް ފަށާނީ ކީރިތި ޤުރުއާނުގެ ބަރަކާތުން
އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ރަސްމީކޮށް ފަށާނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ.
Advertisement

އާދިއްތަ ދުވަހު ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުމުގެ ރަސްމިއްޔާތުގައި ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފުރަތަމަވެސް އޮންނާނީ ޤުރުއާން ކިޔެވުމެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ ޑްރެސް ރިހާސަލް މިހާރު ބާއްވާފައިވާއިރު އޭގެ ބައެއް ވީޑިއޯތައްވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

މިއީ މުސްލިމް ގައުމަކުން ވޯލްޑްކަޕް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. އާދިއްތަ ދުވަހު ފަށާ ވޯލްޑްކަޕުގައި ފުރަތަމަ މެޗުގައި މުބާރާތުގެ ހޯސްޓް ގަތަރު ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. މިއީ ގަތަރުން ވޯލްޑްކަޕުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މިއީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށްވާއިރު މުބާރާތަށްޓަކައި އިސްލާމީ އެއްވެސް އުސޫލެއް ދޫކޮށްނުލާނެ ކަމަށް ގަތަރުންވަނީ ސާފުކޮށް ބުނެފައެވެ. އަދި އިސްލާމީ އުސޫލުތަކާ ހިލާފު އެއްވެސް އަމަލެއް ގަތަރުގައި ކުރިއަށް ނުގެންދެވޭނެ ކަމުގެ އިންޒާރުވެސް ގަތަރުންވަނީ ދީފައެވެ. މިގޮތުން އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމުގެ ޝިއާރުތަކާ އަދި ބަނގުރާ ވިއްކުން ފަދަ ކަންކަމުގައި ގަތަރުންވަނީ ހަރުކަށި އުސޫލުތަކެއް އިއުލާންކޮށްފައެވެ.

97%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް