ads
ބެންޒެމާ
ފަހު ވަގުތު ބެންޒެމާއަށް ވޯލްޑްކަޕް ގެއްލިއްޖެ
ފްރާންސްގެ ކަރީމް ބެންޒެމާއަށް ފަހު ވަގުތު ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑްކަޕްުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ހޮނިހިރު ދުވަހު ޕްރެކްޓިހުގައި އުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ބެންޒެމާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެ ކަން ރޭ ފްރާންސުން ރަސްމީކޮށް އިއުލާން ކުރިއިރު، ފްރާންސްގެ ފުރަތަމަ މެޗު އޮންނާނީ ބުދަ ދުވަހުއެވެ. 

އަނިޔާގެ ސަބަބުން ބެންޒެމާއަށް ނުކުޅެވޭނެކަން އެނގުނީ ހޮނިހިރު ދުވަހުގެ ޕްރެކްޓިހުގައި ލިބުނު އަނިޔާއަކަށް ފަހު ގަތަރުގެ ހޮސްޕިޓަލެއްގައި ހެދި އެމްއާރުއައި އަކަށް ފަހުއެވެ. 

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ހިމެނިފައިވަނީ ޓިއުނީޝިއާއާ ޑެންމާކު އަދި އޮސްޓްރޭލިއާއާއެކު ގްރޫޕް ޑީ ގައެވެ.

ބެންޒެމާވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 'ފްރާންސް ފުޓްބޯލް؛ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް ފުރަތަމަ ފަހަރަށް މިދިޔަ މަހު ހޯދާފައެވެ.  

21%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް