ads
ފޮޓޯ:ޒަކާތް ދައްކަނީ
ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ގޮތުގައި މިއަހަރު 16.4 މިލިއަން ރުފިޔާ ދީފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 16.4 މިިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ދީފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ބޭސްފަރުވާގެ އެހީއަށް ޒަކާތު ފަންޑުން ޖުމްލަ 49.7 މިލިއަން ރުފިޔާގެ އެހީ ދީފައި ވެއެވެ.

ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑު މެދުވެރިކޮށް ބޭސްފަރުވާއަށް އެހީ ބޭނުންވާ ފަރާތްތަކަށް މިލިއަނުން އެހީ ދޭއިރު އޭގެތެރެއިން އެންމެ ގިނަ އެހީ ދީފައިވާނީ މިއަހަރެވެ. 

ފާއިތުވި 4 އަހަރު ޒަކާތު ފަންޑުން އެހީ ދީފައިވާ ގޮތް:

  • 2019: 15.8 މިލިއަން
  • 2020: 6.2 މިލިއަން
  • 2021: 11.1 މިލިއަން
  • 2022: 16.4 މިލިއަން

ވޭތުވެދިޔަ ހަތަރު އަހަރުތެރޭ މި ފަންޑުން 49.7 މިލިއަން ރުފިޔާގެ އެހީ ދީފައިވާކަން ތަފާސް ހިސާބުތަކުން ދައްކާއިރު، ”ސީއެންއެމް“ އަށް މިނިސްޓްރީން މިއަދު ދިން ތަފާސް ހިސާބުތަކުގައި ވާގޮތުން އެހީއަށް އެދި ހުށަހެޅި މީހުންގެ އަދަދު އެންމެ ގިނައީ މިއަހަރެވެ.

ވޭތުވެދިޔަ 4 އަހަރުތެރޭ އެހީއަށް އެދިފައިވާ މީހުންގެ އަދަދު:

2019 : 882 މީހުން

2020: 726 މީހުން

2021: 1374 މީހުން

2022:  2218 މީހުން

އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން އެހީ ދެނީ ބޭސްފަރުވާ ކުރެވޭނެ މާލީ ތަނަވަސްކަމެއް ނެތް ފަރާތްތަކަށެވެ.

ފޯމް ހުށަހަޅައިގެން ބޭސްފަރުވާގެ އެހީ އަށް އެދެވޭއިރު، އެ ފަންޑުން އެހީ ލިބޭ ފަރާތްތަކުން ބޭސްފަރުވާ ކުރާތާ އެއްމަސްދުވަސްތެރޭ އެކަމާއި ގުޅޭ ލިޔެކިއުންތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް