އަކްޝޭއާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރަވާލް ވަނީ މި ފިލްމުގެ ފުރަތަމަ ބައި އަދި ދެވަނަ ބައިގައި އެއްކޮށް އެކްޓު ކޮށްފައެެވެ. ހޭރަ ޕޭރީގެ ފުރަތަމަ ދެ ފިލްމުގެ ވެސް ހިޓުވިއެވެ. ނަމަވެސް އެ ފިލްމުގެ ތިންވަަނަ ބައިން އަކްޝޭ ނުފެންނާނެކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދާދިފަހުން ވަނީ އިއުލާނުކޮށްފައެވެ. އަދި އެކަން އަކްޝޭ ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސުލިން ސެޓީ ބުނެފައިވަނީ އަކްޝޭއަށް ހޭރާ ޕޭރީ 3 އިން ޗާންސް ނުލިބުމަކީ ހިތާމަ ކުރާކަމެއް ކަމަށެވެ.
"ކޮންމެވެސް ކަމެއް މިވަނީ ހިނގާފަ. ޕްރޮޑިއުސަރުންނާ އަހަރެން އަދި ވާހަކަ ނުދައްކަން. ފިލްމުގެ ޕްރޮޑިއުސަރު ފީރޯޒް ނާދިއާވާލާ އަހަރެންނަށް އަދި ކިޔައިދޭނެ ވީގޮތެއް،" ސުނިލް ސެޓީ ބުންޏެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ހޭރާ ޕޭރީން އަކްޝޭ ބޭރުކޮށް ކާތިކް އަރްޔަން އަށް ޗާންސް ދިނީ އަކްޝޭ ފިލްމުތަކަށް ކީ އަގު ބޮޑުކަމުންނެވެ. ނަމަވެސް އަކްޝޭ ބުނެފައިވަނީ އޭނާ ފިލްމުން ވަކިވީ ފިލްމުގެ "ސްކްރިޕްޓާއި މެދު ހިތްހަމަ ނުޖެހިގެން" ކަމަށެވެ.
އަކްޝޭ ކުމާރު ވަނީ ހޭރާ ޕޭރީ ކުޅެން 90 ކަރޯޑު ރުޕީޒް (58.4 މިލިއަން އެމެރިކާ ޑޮލަރު) ގެ އަގެއް ކިޔާފައެވެ. ނަަމަވެސް ކާތިކް ގެ އަގަކީ 30 ކަރޯޑު ރުޕީޒް (19.4 މިލިއަން އެމެރިކާ ޑޮލަރު) ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ވެސް އަކްޝޭގެ އެންމެ ހިޓު އެއް ފިލްމު ބޫލް ބުލައްޔާގެ ދެވަނަ ބައި ކުޅެން ވެސް ޗާންސް ދީފައިވަނީ ކާތިކް އަށެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
އަކްޝޭގެ ފިލްމުތައް ކުޅެން ކާތިކް އަށް ލިބޭއިރު، އަކްޝޭ ލީޑް ރޯލުގައި ނެރޭ ފިލްމުތަަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ.
މިގޮތުން އެންމެ ފަހުން އަކްޝޭ ލީޑް ރޯލުގައި ނެރުނު "ރާމް ސަޓޭ" ވެސް ތިއޭޓަރުތަކުގައި އެޅުވި ނަމަވެސް އެކަށީގެންވާ ވަަރަށް ތަރުހީބު ނުލިބޭކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.