ads
އަމީތާބް ބަޗަން
ތުއްތު ކުއްޖެއްގެ ހިތްވަރު ފެނި އަމީތާބަށް ރޮވިއްޖެ
އަމީތާބު ބަޗަންގެ އޮޓޯގްރާފެއް ހޯދައިން އައި ތުއްތު ފިރިހެން ކުއްޖެއްގެ ހިތްވަރު ފެނި ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބަޗަން އަށް ރޮވިއްޖެއެވެ.
Advertisement

އަމީތާބަކީ ކޮންމެ އާދިއްތަ ދުވަހަކުވެސް އޭނާގެ ފޭނުންނާއި ގޭ ދޮށުގައި ބައްދަލުކުރާ މީހެކެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް އަމީތާބު ވަނީ އެނާގެ ފޭނުންނާއި ބައްދަލުކުރުމަށް ވަގުތުކޮޅެއް ހޭދަކޮށްފައެވެ. 

ނަމަވެސް ފޭނުންގެ ތެރެއިން ކުޑަ ފިރިހެންކުއްޖަކު ސެކިއުރިޓީ ފޫއަޅުވާލުމަށްފަހު އަމީތާބާއި ދިމާލަށް ވަނީ ދުއްވައިގަނެފައެވެ. އޭނާގެ އަތުގައި އޮތީ އެނާ ކުރަހާފައި އޮތް އަމީތާބުގެ ފޮޓޯއެކެވެ. އެ ފޮޓޯއަކީ "ޑޮން" ގައި އަމީތާބު އެކްޓުކުރި އިރު ހުރިގޮތައް ކުރަހާފައިވާ ފޮޓޯއެކެވެ. 

އެކުއްޖާ ވަނީ ފޮޓޯ އާއެކު އައިސް އަމީތާބުގެ ފައިބުޑަށް ތިރިވެ އޭނާގެ ކުރެހުމުގައި އަމީތާބުގެ އޮޓޯގްރާފް ހިމެނުމަށް އެދިފައެވެ. 

your imageތުއްތު ކުއްޖާ ދުވެފައި އަމީތާބު ގާތައް އަންނަނީ: ފޮޓޯ އަމީތާބުގެ ބްލޮގް

"ސެކިއުރިޓީ ފޫއަޅުވާލާފަ އައީ ހަތަރު ވަރަކަށް އަހަރު ކުޑަ ފިރިހެންކުއްޖެއް. ޑޮންގެ ފޮޓޯއެއް ކުރަހައިގެން. އެނާ އައީ ޑޮންގޮތައް. އައިސް ފައިބުޑަށް ތިރިވެ އުފަލުން ރޯން ފެށި. އޭނާގެ ފޮޓޯގައި އަހަރެން އޮޓޯގްރާފް ކުރިން. އަދި އެނާގެ ބައްޕަގެ ސިޓީވެސް ކީން،" އަމީތާބް އޭނާގެ ބުލޮގުގައި ލިޔެފައިވެއެވެ.

މި ކުއްޖާގެ އަމަލުތައް ހުރިގޮތުން އަމީތާބު ޖަޒުބާތުގައި ޖެހި ރޮވުނުކަމަށް އޭނާގެ ބްލޮގުގައި ވަނީ ލިޔެފައެވެ. އަދި މި ކުއްޖާގެ ފޮޓޯއެއް ވެސް އަމީތާބު ވަނީ އޭނާގެ ބުލޮގުގައި އާންމުކޮށްފައެވެ. 

އެންމެ ފަހުން އަމީތާބުގެ ފިލްމެއް ނުކުމެފައިވަނީ މި ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. "އުންޗައި" ނަމަކަށް ކިޔާ މި ފިލްމުގައި އަމީތާބު ކުޅެފައިވާ ރޯލު ގިނަބަޔަކަށް ކަމުގޮސް އަމީތާބަށް ގެންދަނީ ތައުރީފު ކުރަމުންނެވެ. ތައުރީފު ކުރާ މީހުންނަށް ވެސް އޭނާގެ ބްލޮގިގައި ވަނީ ޝުކުރު އަދާކޮށްފައެވެ.  

58%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް