ads
ރައީސް ނަޝީދާއި އަސްލަމް
މިނިސްޓަރު އަސްލަމް ކޯޓަށް ގެންދަން ރައީސް ނަޝީދު ލަފާދެއްވައިފި
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކޯޓަށް ގެންދަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަފާދެއްވައިފިއެވެ.

ރައީސް ނަޝީދު މިފަދަ ލަފައެއް ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ނިންމައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ގަވާއިދެއް ގެޒެޓުކޮށްފައި ނުވާތީއެވެ. 

އެ ގަވާއިދަކީ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު" އެވެ. 

ރައީސް ނަޝީދު ވިދާޅުވީ "ގަވާއިދު ކޮމެޓީން ފޮނުވުމުން ވެސް ގެޒެޓުނުކޮށް އޮތުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެއް" ކަމަށެވެ. 

"މެންބަރުންނަށް ނިންމިދާނެ ވަޒީރު ގޮވައިގެން ކޯޓަށް ވަަޑައިގަންނަވަން. ނޫނީ ތިބޭފުޅުން ތިބޭފުޅުން ނިންމަވާ ނިންމެވުމަށް ނިންމަވަން،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެ ގަވާއިދު ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައި ވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ގެޒެޓު ކޮށްފައިނުވާތީ އެ މައްސަލަ ގަވާއިދު ކޮމެޓީން އޭގެ ދެ އަހަރު ފަހުން ބަލަން ފެށިއެވެ. އޭގެ ތިން އަހަރު ފަހުން މައްސަލަ ނިންމުމަށްފަހު ކޮމެޓީން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވާފައެވެ. 

ކޮމެޓީ މަރުހަލާގައި ނިންމާފައިވަނީ އިތުރު ހަފްތާއެއްގެ މުހުލަތު ޕްލޭނިން މިނިސްޓްރީއަށް ދިނުމަށެވެ. 

މި ރިޕޯޓަށް ބަހުސް ކުރުމަށްފަހު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް