ބައިޑެން އަފުއާމު ދެއްވާފައިވަނީ ދެ ޓާކީ ދޫންޏަށެވެ. މި ދުވަސްވަރަކީ އެމެރިކަގައި "ތެންކްސް ގިވިން" ކިޔާ ނަސާރާއިންގެ ފެސްޓިވަލެއް ފާހަގަކުރަމުން ދާ ދުވަސްވަރެކެވެ. އަދި ގިނަ ބަޔަކު ޓާކީ ކަތިލައިގެން މި ދުވަސްވަރުވަރުގައި ކައެވެ.
ނަވެސް، ބައިޑެން ބައިވެރިވެ ވަަޑައިގެންނެވި ހަފްލާއެއްގައި ވަނީ ދެ ޓާކީ ދޫނި ކަތި ނުލާ "އަފުއާމު" ދެއްވާފައެވެ.
ބައިޑެން ވިދާޅުވާގޮތުން ދެ ދޫނީގެ ނަމަކީ "ޗޮކޮލެޓް" އަދި "ޗިޕްސް" އެވެ.
އަފުއާމު ދެއްވުމަށްފަހު ބައިޑެން ވަނީ އެތަނުން އެއް ދޫންޏަށް މައިކު ދިއްކޮށް ސުވާލުވެސް ކުރައްވާފައެވެ.
ބައިޑެން އަފުއާމު ދެއްވި ދެ ދޫންޏާކަކީ އެމެރިކާގެ ޓާކީ ފެޑަރޭޝަނުން ހަދިޔާކުރި ދެ ދޫންޏެވެ. ދޫނިތަކުގެ ބަރު މިނަކީ 46 ޕައުންޑު އަދި 47 ޕައުންޑެވެ.