ads
އާސަންދަ އޮފީސް——
އާސަންދަ ދޭ އުސޫލު ބަދަލުކުރަން ގާނޫނެއް ހަދަނީ
އާސަންދަ ދެމުން އަންނަ އުސޫލު ބަދަލު ކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މުއްސަނދިންނާއި ފަޤމގީރުންނަށް އެއްހަމައަކުން އާސަންދަ ދެމުން އަންނަ އައުން ބަދަލުކުރުމަށް ހާއްސަ ގާނޫނެއް އަންނަ އަހަރު އެކުލަވާލާނެ ކަމަށެވެ.

އެކަމަށްޓަކައި ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށައަޅުއްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު އޮތް ހެލްތު އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދައިން ހިދުމަތް ދެމުން އަންނަނީ މުޖުތަމައުގައި ތިބި ހުރިހާ ފަންތިއަކަށް އެއް ހަމައަކުން. އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ނުބައްދަލު ހޭދައެއް އާސަންދައިން ކުރަން ވަނީ މަޖުބޫރުވެފަ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން މިހާރު އަންނަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމް ވޯކް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާސަންދަ ހިދުމަތް ދެމުން އަންނަ އުސޫލަށް ބޮޑު ބަދަލެއް އަންނާނެކަމަށް ވަނީ ވިދާޅުވެފަ އެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް