ads
ފޮޓޯ: ފެނަކަ
ގެމަނަފުށި ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ގއ. ގެމަނަފުށީގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި އެވެ.

ފެނަކައިން ބުނެފައިވަނީ، ގެމަނަފުށީގައި އިމާރާތް ކުރެވޭ އޮފީހުގެ ބިންގާ މިއަދު އަޅުއްވާ ދެއްވާފައި ވަނީ އެމްޑީ އަހުމަދު ސައީދް މުހައްމަދު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދު ކަމަށެވެ.

ގެމަނަފުށީ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި ހަވާލުވެފައި ވަނީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ. 

ގެމަނަފުށީގެ އިމާރާތް ކުރެވިގެންދާ އޮފީސް އިމާރަތުގެ މަސައްކަތް ހަވާލު ކުރެވިފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.98 މިލިއަން ރުފިޔާ އަށެވެ. މި އިމާރަތް ނިންމުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން 2020 އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް