އަޝްރަފް ޢަލީ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާސިލްކުރައްވާފައެވެ.
މި މަގާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް އަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަގެ ޑީންގެ މަގާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު ފަދަ މަގާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން އަޝްރަފް ޢަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.