
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އަވަދިނެތި އުޅެނީ މިމަހުގެ ކުރީކޮޅު މަރުހަބާ ކިޔާފައިވާ ކުޑަކުޑަ އަންހެން ކުއްޖަކު ތަރުބިއްޔަތު ކުރުމުގަ އެވެ. އާލިޔާ އާއި ރަންބީރު މިވަގުތު އުޅެނީ މައިންބަފައިންގެ ގޮތުގައި އަވަދިނެތިއެވެ. މި ދެމީހުން އެކަކު އަނެކަކާ ހިތާވެގެން އުޅޭތާ ދެތިން އަހަރު ވެފައިވާއިރު، މި ދެމީހުން ކައިވެނި ކުރީ މިއަހަރުގެ ކުރީކޮޅު އެވެ.
އެމީހުން ބަލިވެ އިންކަން އިއުލާން ކުރަނީ މިއަހަރުގެ ޖޫން މަހު އެވެ. އެކަމުގެ ސަބަބުން އެންމެން ހައިރާންވިއެވެ. އަދި އޭގެ ފަހުން ވަގުތު ދިޔަގޮތެއް ވެސް ނޭންގެއެވެ. އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަކީ މިހާރު މައިންބަފައިންނާއި ހަޔާތުގެ އެންމެ ޝައުގުވެރި ބާބުގަ އެވެ. އާލިއާ ތުއްތު އަންހެން ކުއްޖަކަށް މަރުހަބާ ކިޔުމުގެ ކުރިން ބަތަލާ ވަނީ ދަރިފުޅު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.
އާލިއާ
އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި އެމީހުންގެ ތުއްތު އަންހެން ދަރިފުޅު އަންނަނީ ކޮންމެ ދުވަހަކުވެސް މުނިފޫހިފިލުވުމުގެ ހަބަރުތަކުން ސުރުޚީތައް ހޯދަމުންނެވެ. އަދި މިހާރު ދަރިފުޅު ތަރުބިއްޔަތު ކުރުމާ ބެހޭ ގޮތުން އާލިއާ ބަޓް ދެއްކެވި ވާހަތައްވަނީ ވައިރަލް ވަމުންނެވެ. މާރީ ކްލޭއާ މެގަޒިން ކިޔާ ފްރެންޗް ޕަބްލިކޭޝަނަކަށް ދިން އިންޓަވިއުއެއްގައި އާލިއާ ވެސް ވަނީ ދަރިފުޅު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.
އާލިއާ ރަންވީރު
އާލިޔާ ބުނީ ރައްޓެހިންނާއި އާއިލާގެ މީހުންނާއި އަދި ރަންބީރާ ވެސް ދަރިފުޅު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އާލިއާ ބުނާ ގޮތުގައި އޭނާ ދަރިފުޅުގެ ކަންކަން އާންމުނުކުރަން އިހްތިޔާރު ކުރި ނަމަވެސް ފަހަރެއްގައި އޭނާގެ ދަރިފުޅު އެކަން ބޭނުން ނުވެދާނެ އެވެ.
އާލިއާ ބާޓް
އާލިއާގެ ދަރިފިޅު އެކްޓުކުރަން ބޭނުން ވެއްޖެނަމަ ކިހިނެތްތޯ ހަދާނީ ސުވާލުކުރުމުން އާލިއާ ބުނެފައިވަނީ ދަރިފުޅު އެފަދަކަމެއް ކުރަން ބޭނުންވެގެން ދުރާލާ ތައްޔާރަށް ހުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އާލިއާ ބުނީ ދަރިފުޅު ވަކިކަމެއް ކުރުވަން އެއްވެސް ފޯރިއެއް ބާއްވަން ނުވަތަ އެއްވެސް މާޔޫސްކަމަކާ ކުރިމަތިލާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން، "އެޖާގަ ހުސްކޮށް" ބޭއްވުން ބުއްދިވެރިކަމަށެވެ.