ads
ވިކްރަމް ގޯހާލޭ
ބޮލީވުޑުގެ ކުރީގެ ތަރި ވިކްރަމް ގޯހާލޭ މަރުނުވަނީސް ތައުޒިޔާގެ މެސެޖުތައް
ބޮލީވުޑްގެ ކުރީގެ ތަރި ވިކްރަމް ގޯހާލޭ މަރުވިކަމަށް ހީކޮށް ގިނަ ތަރިންތަކެއް އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖު ފޮނުވައިފިއެވެ.

ނަމަވެސް ވެޓެރަން އެކްޓަރު ވިކްރަމް ގޯޚާލޭ އަދިވެސް ދިރިހުރި ކަމަށާއި އޭނާ ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އޭނާގެ އަންހެނުން ވަނީ ބުނެފައެވެ. 

ގޯހާލޭގެ އަންހެނުން ވްރޫޝާލީ ބުނީ އިއްޔެ މެންދުރު ކޯމާއަށް ވެއްޓުނު ކަމަށާއި އޭގެ ފަހުން އަތްލުމުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. އޭނާ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އޭނާގެ ހާލަތަށް ބަލާފައި ކުރާނެ ކަމެއް މާދަމާ ހެނދުނު ޑޮކްޓަރުން ނިންމާނެ ކަމަށެވެ.

އޭނާގެ އަންހެން ދަރިފުޅު ވެސް ވަނީ އޭނާގެ ބައްޕަ މަރުނުވާކަމަށާއި،  އަދިވެސް ލައިފް ސަޕޯޓުގައި ދިިރި ހުރި ކަމަށް މީޑިއާއަށް އަންގާފައެވެ. އޭނާގެ ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. 

އޭނާ މަރުވިކަމަށް އޮންލައިންކޮށް ރިޕޯޓުގައް ފެތުރުމުން، އަޖޭ ދޭވްގަން، މަދޫރު ބަންޑާކާ އަދި އިތުރު ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ ވިކްރަމް ގޯޚާލޭ ގެއްލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަކޮށްފައެވެ.

your imageވިކްރަމް ގޯހާލޭ

ވިކްރަމް ގޯޚާލޭގެ އަންހެނުން ވްރޫޝާލީ ބުނި ގޮތުގައި އޭނާގެ ފިރިމީހާ ހޮސްޕިޓަލުގައި ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެޑްމިޓްކޮށްފައިވާކަމަށެވެ. އޭނާ ބުނީ ހިތާއި ކިޑްނީ ފަދަ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މިވަގުތު އޭނާއަށް ގިނަ އޯގަންތަކެއް ފެއިލްވެފައިވާ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް