ads
ތަރުޖަމާނު މިއުވާން މުހައްމަދު
ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ކޯލިޝަނާއި މަޝްވަރާ ކުރާކަށް ނުޖެހޭ: މިއުވާން
ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ކޯލިޝަނާ މަޝްވަރާ ކުރަން ޖެހިވަޑައިނުގަންނަވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރާ ކަންކަމުގައި ސަރުކާރު ކޯލިޝަނާއި މަޝްވަރާ ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ، ސަރުކާރަށް ފާޑުކިޔަމުންނެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިއުވާން ވިދާޅުވީ، ރައްޔިތުން ސަރުކާރާއި، ކޯލިޝަންގެ ލީޑަރުންނާއި އޮންނަ ގުޅުން ބަދަހި ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކޯލިޝަންގެ ލީޑަރުންނާއި މަޝްވަރާ ކުރެވޭ ކަމަށެވެ. އަދި ކޯލިޝަންގެ ލީޑަރުން އަރުވަން ބޭނުންވާ ހިޔާލުފުޅުތައް ކޮންމެ ދުވަހަކުވެސް އެރުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރުން ކޮންމެ ދުވަހަކު ނިންމަވާ ނިންމެވުން ތަކަކީ، ކޯލިޝަންގެ ލީޑަރުންނާއި މަޝްވަރާ ކުރެވިގެން ނިންމަވާ ނިންމެވުންތަކަކަށް ނުވެދާނެ ކަމަށާއި، އަދި އެގޮތަށް ވާން ޖެހޭހެން ހީނުވާ ކަމަށް މިއުވާން ވިދާޅުވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މި އިންތިހާބު ކުރަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް. އެހެންކަމުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާނެ. ންމެ ދުވަހަކު ނަންގަވާ ކޮންމެ ޑިޒިޝަނަކީ ކޯލިޝަންގެ ބޭފުޅުންނާ މަޝްވަރާ ކުރެވިގެން ނަންގަވާ ޑިޒިޝަނަކަށް ނުވެދާނެ. ދެން އެ ގޮތަށްވާކަށް ނުޖެހޭ ހެން ހީވަނީ." މިއުވާން ވިދާޅުވި އެވެ.

މިއުވާންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގައި ތިބީ އެކި ސިޔާސީ ޕާޓީތައް ކަމަށާއި، އެކި ހިޔާލުތަކުގެ އެކި ބޭފުޅުން ކަމަށެވެ. އެހެން ކަމުން ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި، އެހެން ނަމަވެސް ކޯލިޝަން މިއަދާއި ހަމައަށްވެސް ދެމިއޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. 

އަދި އެކަން އެގޮތަށް ދެމިއޮތީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ތަޖުރިބާގެ ސަބަބުން ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް