ads
ސްރައްދާ އާއި އޭނާގެ ގާތިލު އަދި ކަންގަނާ
ޝްރައްދާގެ އަނިޔާވެރި މަރާގުޅިގެން ކަންގަނާގެ ކަންބޮޑުވުންތަކެއް
މަރާލުމަށްފަހު ދިއްލީގެ އެކި ސަރަހައްދުތަކަށް އުކާލި ޒުވާނާގެ މަރާގުޅޭގޮތުން ބޮލީވުޑުގެ ތަރި ކަންގަނާ ރައުނަތު ވާހަކަ ދައްކައި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
Advertisement

ޝްރައްދާ ވަލްކާރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަފްތާބް ޕޫނާވާލާގެ އާ އަޕްޑޭޓްތައް ގަވާއިދުން އަންނަނީ އިންޑިއާގެ މީޑިއާތަކަށް ތިލަވަމުންނެވެ.

ޕޫނާވާލާ އޭނާގެ ލޯބި ވެރިއާގޮތުގައި އުޅުނު ލިވް އިން ޕާޓްނަރު ޝްރައްދާ މަރާލާފައި 30 ކޮތަޅަށް ބަހާލައިގެން ގާތްގަނޑަކަށް ތިން ހަފްތާ ވަންދެން 300 ލީޓަރުގެ ފްރިޖުގައި ބަހައްޓާފައިވެއެވެ.

އޭނާ ދިރިއުޅޭ ސައުތު ދިއްލީ މެހެރައުލީގައި އޭނާގެ ހަށިގަނޑު ބަހައްޓައިގެން އެތައް ދުވަހެއް ވަންދެން ރޭގަނޑު ދަންވަރު އޭނާގެ ހަށިގަނޑުގެ ކޮތަޅުތައް އުކާލަން ފެށި އެވެ.

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު ވެސް ކޭސް އަޕްޑޭޓްތަކަށް ރިއެކްޓްކޮށް ހަބަރުތަކާ ގުޅޭގޮތުން މިވަނީ ވާހަކަ ދައްކާފައެވެ.

އާ އަޕްޑޭޓެއްގައި ހާމަވެފައިވާ ގޮތުގައި ޝްރަދާ ބިރުގަތީ އަފްތާބް ޕޫނާވާލާ އޭނާ މަރާލަފާނެތީއެވެ. މީގެ ދެ އަހަރުކުރިން އޭނާ ވަނީ އެހީއަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައެވެ.

your imageޝްރައްދާ އަދި އެނާގެ ގާތިލު

އަނިޔާވެރި މަރުގެ މައްސަލައިގައި ކަންގަނާ ރަނައުތުގެ އުދާސްތައް: 

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު ވަނީ ޝްރައްދާ ވަލްކާގެ އެހީއަށް އެދި އާދޭސްކުރާ ސިޓީގެ ފޮޓޯ ހިއްސާކޮށް، ދިގު ނޯޓެއް ވެސް ލިޔެފަ އެވެ.

ކަންގަނާ އޭނާގެ ޕޯސްޓުގައި ލިޔެފައިވަނީ "މިއީ ޝްރައްދާ 2020 ވަނަ އަހަރު ފުލުހުންނަށް ލިޔުނު ސިޓީއެއް، އެހީއަށް އެދި އާދޭސް ކުރަމުން. އަބަދުވެސް ނޭވާ ހާސްކޮށްލުން އަދި ކޮށާލާނެ ކަމުގެ އިންޒާރު ދިނުން - އޭނާ ވަނީ ބްލެކްމެއިލް ކުރާކަން ފާހަގަކޮށްފަ، އެކަމަކު ފުލުހުން ކިހިނެއް ހެދީ?" މިހެނެވެ.

your imageކަންގަނާ ރަނައުތް

ކަންގަނާ ބުނީ އޭނާގެ ގާތިލު ބެލީ ބޮލަށް އެރިގެން ދިއްލީއަށް ގެންދެވޭތޯކަމަށެވެ.  އޭނާ އެކަހެރިކޮށްލުމަށްފަހު އޭނާގެ މަރައިލިކަމަށެވެ. 

ކަންގަނާ އޭނާގެ ޕޯސްޓަށް އިތުރަށް ބުނީ "އަހަރެމެން އެންމެންނަށްވެސް އެނގޭ 'ކައިވެނީގެ ވައުދު' ގެ ޖަވާބަކީ ހުރިހާ އަންހެން ކުދިން ހެއްލޭކަމެއް ކަން. އޭނާއަކީ ޖަޒުބާތީ ގޮތުން ބޭނުންތެރި މީހެއް ނޫން... އޭނާއަކީ ހަމައެކަނި ޕާޓީތަކަށް ހެދުން އަޅައި ކާންދިނުމަށް އުފަންވި އަންހެން ކުއްޖެއް" ކަމަށެވެ.

އިތުރަށް އެ ޕޯސްޓުގައި ބުނެފައިވަނީ ކޮންމެ އަންހެނަކީ ވެސް މުހިންމު މީހެއްކަމަށާއި، މަރުވާ ކޮންމެ އަންހެނަކާއެކު އެ ގެއްލެނީ އިންސާނަކު ދުނިޔެއަށް އަންނަނަށް އޮތް ދޮރެއް ކަމަށެވެ. 

75%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް