ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިތުރު މައްސަލައެއްގެ ތަހުގީގަށް ރައީސް ޔާމީނަށް ފުލުހަށް ހާޒިރުވުމަށް އަންގައިފި
އިތުރު މައްސަލަ އެއްގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުލުހަށް ހާޒިރު ވުމަށް އަންގައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ ރައިސް ޔާމީންގެ މައްސަލަތަކުގައި އެމަނިކުފާނުގެ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން އަންނަ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. 

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ފުލުހަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އިއްޔެ އަންގާފައިވާކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމާއި އެކު ފަސް މިނިއަން ޑޮލަރުން ޖުރިމަނާ ކޮށްފައިވަނީ މިދިޔަ އަހަރު އެވެ. އަދި އެ މަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށް ޝަރީއަތް ކުރއަށް ދާއިރު، ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރުމަށް ޝަރުތުހަމަނުވާކަމަށް ހައިކޯޓުންވަނީ ނިންމާފައެވެ.

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް