ads
އާލިއާ އަދި ރަންބީރް
އާލިއާ ދަރިފުޅަށް ކީ ނަން ހާމަކުރީ ބާސިލޯނާގެ ޖާޒީ އަކުން
މަޝްހޫރު އެކްޓްރެެސް އާލިއަ ބަޓް އާއި އެކްޓަރު ރަންވީރު ކަޕޫރުގެ އަލަތު ދަރިފުޅަށް ކީ ނަން ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

އާލިއާ އާއި ރަންބީރު ދަރިފުޅާއިއެކު ފެންނަ ފޮޓޯއަކާއިއެކު ބާސިލޯނާގެ ޖާޒީއެއްގައި ދަރިފުޅުގެ ނަން ޖަހާފައިވާ ޕޯސްޓު ހިއްސާކޮށް ބުނެފައިވަނީ ދަރިފުޅަށް ކީ ”ރަހާ“ ކަމަށެވެ.

އެ ނަން ކީ ރަހާގެ މާމަ ކަން ފާހަގަކުރަމުން އާލިއާ ބުނެފައިވަނީ، ބަނގުލާ ބަހުން އެ ނަމުގެ މާނަ އަކީ ރެސްޓް، ކޮމްޕާޓް، އަދި ރިލީފް ކަމަށެވެ.

އަރަބި ބަހުން ރަހާގެ މާނަ އަކީ  ”އަމާންކަން “ ކަމަށް ވެސް އާލިއާގެ ޕޯސްޓުގައި ވެއެވެ.

މަޝްހޫރު އެކްޓްރެެސް އާލިއަ ބަޓް އާއި އެކްޓަރު ރަންވީރު ކަޕޫރު ކައިވެނިކުރީ ކުއްލިއަކަށް މިދިޔަ އެޕްރީލް މަސްތެރެއެވެ. ބަނޑުބޮޑުކަން އޭނާ ހާމަކުރީ އޭގެ ދެ މަސް ފަހުން ޖޫން މަސްތެރެއެވެ.

ކައިވެނީގެ ކުރިން ލިވިން ރިލޭޝަންޝިޕެއްގައި އުޅުމަށްފަހު އެދެމީހުން ކުއްލިއަކަށް އާއިލާއާއިއެކު ބޭއްވި ކުޑަ ހަފްލާއެއްްގެ ތެރޭ ކައިވެނިކޮށް އެކަން ހާމަކުރުމާއިއެކު ގިނަ ބަޔަކަށް ޝޮކެއް ލިބުނެއެވެ. އަދި ކައިވެނިކުރިތާ ދެމަސްތެރޭ ދަރިއަކު ލިބެން އުޅޭކަން ހާމަކުރުމާއިއެކު ގިނަ ބަޔަކު ތުހުމަތުކުރަން ފެށީ ކައިވެނިކުރީ ބަނޑުބޮޑުވުމުން ކަމަށެވެ.

އެކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ފަސް މަސްތެރޭ މިމަހުގެ ހަވަނަ ދުވަހު އާލިއާ ވިހެއުމުން އެދެމީހުންނަށް ލިބުނު ދަރިފުޅަކީ ކައިވެނީގެ ބޭރުން ލިބުނު ކުއްޖެއްްކަން ޔަގީންވެ ގިނަ ބަޔަކު ދަނީ ފާޑުވެސް ކިޔަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް