މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އަދި އެންމެ ގިނަ ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ފުރަތަމަ މެޗު ސާބިއާ އަތުން ރޭ މޮޅުވި އިރު މި މެޗުގައި ރިޗާލިސަން ޖެހި ދެވަނަ ލަނޑަކީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ މޮޅު ލަނޑެވެ.
ވިނީޝިއަސް ހުރަސްުކުރި ބޯޅަ ރިޗާލިސަން ވައިގެ ތެރޭ ކޮންޓްރޯލް ކޮށްލުމަށް ފަހު ވޮލީ އަކުން ބޯޅަ ގޯލަށް ވައްދާލީ ބިމުގައި ބޯޅަ ޖެހުމުގެ ކުރިންނެވެ.