ads
ކެޓްރީނާ އާއި ވިކީ
ކެޓްރީނާ އާއި ވިކީ އެނިވާސަރީއަށް ރާއްޖެ އަންނަނީ
ބޮލީވުޑްގެ ސްޓާ ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ ވިކީ ކައިޝަލްގެ ފުރަތަމަ އެނިވާސަރީއަށް ދިވެހިރާއްޖެ އަންނަން ނިންމާފަިއވާކަން ހާމަވެއްޖެއެވެ.

ދެމަފިރިންގެ ގާތް ރަހުމަތްތެރިއަކާ ހަވާލާދީ އިންޑިއާ ނޫހެއްގައި ބުނެފައިވަނީ، އެމީހުންނަށް އެންމެ ކަމުދާ މަންޒިލަކީ ދިވެހިރާއްޖެއެވެ. އަދި އެމީހުން އެނިވާސަރީއަށް ވެސް އަންނާނީ ދިވެހިރާއްޖެއަށެވެ. 

"އެމީހުން ވިސްނަނީ އެކަނި އައިސް ދެ މީހުން އެކުގަ ވަގުތުކޮޅެއް ހޭދަކުރަން،" ރަހުމަތްތެރިއާ ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ. 

މި ދެމަފިރިންގެ އެނިވާސަރީ އަންނަނީ އަންނަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. 

your imageވިކީ އަދި ކެޓްރީނާ:

މި ދެތަރިން ކައިވެނިކުރިފަހުން މަސައްކަތްތަކުގައި ބިޒީކަމުން އެކުގައި ވަގުތުހޭދަކޮށްލަން ޗުއްޓީއަކަށް އަދި ނުދެވެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އެނިވާސަރީ ފާހަގަކުރުމުން އެމީހުންގެ މި ހުސްކަން ފިލައިގެން ދާނެއެވެ. 

ކެޓްރީނާ ވަނީ ދާދިފަހުން އެމީހުންގެ ޒަވާޖީ ހަޔާތާއި ގުޅޭގޮތުން ވެސް މީޑިއާގައި ވާހަކަ ދައްކާފައެވެ. 

އެ ދެމީހުންގެ ދެމެދުގައި ވެސް މައްސަލަ ޖެހި ޒުވާބުކުރަންޖެހޭ ވަގުތުތައް އަންނަ ކަމަށް ކެޓްރީނާ މިފަހުން ވަނީ ހާމަކޮށްފައެވެ.

ކެޓްރީނާގެ އާ ފިލްމް ފޯން ބޫތުގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި އޭނާ އާއި ވިކީގެ ކައިވެންޏާއި ބެހޭގޮތުން ކުރި ސުވާލުތަކަށް އޭނާ ވަނީ ޖަވާބުދީފަ އެވެ. 

your imageކެޓްރީނާ ކައިފް...

ވިކީގެ އެންމެ ޓޮލަރޭޓުކުރަންޖެެހެނީ ކޮން ސިފައެއްތޯ ކެޓްރީނާ ކައިރީ އެހެމުން ބުނީ، ވިކީގެ ގޮތްދޫ ނުކުރުން ކަމަށެވެ. ވިކީއަކީ ވަރަށް ލޯބި ކެއަ ކުރާ މީހެއް ނަމަވެސް ބައެއް ކަންކަމުގައި ގޮތްދޫނުކުރުން ގެންގުޅޭ ކަމަށް ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ ބުނިގޮތުން ކައިވެންޏަށްފަހު އޭނާ އަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އަަނެކާއަށްވެސް ވާހަކަދެއްކުމުގެ ފުރުސަތު ދޭންވާނެ ކަން ކަމަށެވެ.

އެގޮތުން ޒުވާބުކުރާ ދަނޑިވަޅުތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ވިކީއަށް އެއްގޮތަކަށްވެސް ނުދޭ ކަމަށާއި، އެފަދަ ދަނޑިވަޅުތަކުގައި ވިކީއަށް ވެސް ވާހަކަދައްކަން ފުރުސަތު ދޭންވާނެ ކަން ކެޓްރީނާ އަށް ފިރިމީހާ ވިކީ ހަދާންކޮށްދޭ ކަމަށް ކެޓްރީނާ ބުންޏެވެ.

އޭނާ ބުނީ އޭނާ މިހާރު ދަނީ އެކަމަށް ހޭނެމުން ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް