ޗައިނާ- އިންޑިއަން އޯޝަން ރީޖަން ފޯރަމަކީ ޗައިނާއާ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާ ބެހޭ ގޮތުން އޮތް ފޯރަމެކެވެ. ރާއްޖޭގެ ފަރާތުން އެ ފޯރަމްގައި ބައިވެރިކަމަށް ވާހަކަ ދެކެވޭއިރު، އެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ކަމަށްވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެހެންނަމަވެސް ޑރ. ވަހީދު ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ހައިސިއްޔަތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވި ކަމަށް ޗައިނާއިން ބުނެފައި ވާތީ އެކަން ދޮގުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖޭން ބައިވެރިވި ބައްދަލުވުމެއް ނޫން ކަމަށެވެ.