ads
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އާދަމް ޝަރީފް
ބަޖެޓުން އިގްތިސާދަށް ކުރާނީ ނޭދެވޭ އަސަރު
އަންނަ އަހަރުގެ ބަޖެޓުގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް ކޯލިޝަނުން އަންނަ އަހަރުގެ ބަޖެޓުގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓަށް ވޯޓަށް އަހަން ތާވަލުކޮށްފައިވަނިކޮށް ނެރުނު ބަޔާނެއްގައެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ "ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން" ނިންމާފައިވާ ބަޖެޓެއް ކަމަށެވެ. ޕީޕީއެމުންވަނީ މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް، މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297 މިލިއަން ރުފިޔާ މަސްވެރިންގެ ސަބްސިޑީއަށް އިތުރުކުރުމަށް އިސްލާހު ހުށަހަޅާފައެވެ.

ޕީޕީއެމްގެ ބަޔާނުގައިވަނީ ސިޔާސީ ތައައްސުބުން އެއްކިބާވެ، މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިދިކޮޅުގެ އިސްލާހުތަކަށް ތާއީދުކޮށްދިނުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް