ads
އަނަންޔާ އަދި އާރްޔަން
އާރްޔަން ދެކެ ލޯބިވާކަމަށް އަނަންޔާ އެއްބަސްވެ، ދެމީހުން އެކުގައި ފެންނަން ފަށައިފި
ބޮލީވުޑްގެ ކިންގު ޝާހުރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާން އަކީ ބޮލީވުޑް ތަރި އަނަންޔާ ޕާންޑޭގެ ކްރަޝްއެއް ކަމަށް އޭނާ އެއްބަސްވެފައިވަނިކޮށް ދެ މީހުން އެކުގައި ފެނިއްޖެއެވެ.
Advertisement

އަރްޔަން އަކީ ކްރަޝްއެއް ނުވަތަ ލޯބިވާކަމަށް އަނަންޔާ އެއްބަސްވެފައިވަނީ ކަރަންޖޯހަރުގެ "ކޮފީ ވިތް ކަރަން" ގެ ހަތް ވަނަ ސީޒަންގައި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. 

މިވާހަގަ މަޝްހޫރު ވެފައިވަނިކޮށް އަރްޔަން ހާން އަދި އަނަންޔާ ވެސް ރަހުމަތްތެރިއްގެ ގޭގައި އޮތް ޕާޓީ އަކަށް ވަންނާތީ ފެނިގެން ނޫސްވެރިން ވަނީ ފޮޓޯ ނަގާފައެވެ. 

ނަމަވެސް ދެމީހުންގެ ތެރެއިން އެކަކު ވެސް އެއްވެސް ބަހެއް ނުކިޔާ އަދި ފޮޓޯ ނަގަން ވެސް ނުހުއްޓި ވަނީ ޕާޓީއަށް ވަދެފައެވެ. 

your imageއަނަންޔާ އަދި އާރްޔަން ޕާޓީއަށް ވަންނަނީ

އަރްޔަން ހާން މިދޭތެރެއިން މަސްތުވާ ތަކެއްޗާއެކު އިންޑިއާ ފުލުހުން އަތުލި އިރު ވެސް، އަނަންޔާ ޕާންޑޭ އާއި ސުވާލުކުރިއެވެ. އޭނާ އާއި ސުވާލުކުރީ އަރްޔަން އާއި ޗެޓް މެދުވެރިކޮށް މަސްތުވާތަކެތީގެ ވާހަކަ ދައްކާފައިވާތީ އެވެ. ނަމަވެސް ފުލުހުންނަށް މި ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނުފެނުނެވެ. 

އަރްޔަން ބަންދުކޮށްފައި ހުރި އިރުވެސް އަނަންޏާ ވަނީ އަރްޔަންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއަކީ ގޯސް މީހެއް ނޫންކަމަށާއި، އޭނާ އެފަދަ ކަމެއް ނުކުރާނެ ކަމަށް އަނަންޔާ ވަނީ ބުނެފައެވެ. 

އާރްޔާން ބަންދު ކުރީ ކީއްވެ؟

އަރްޔާން އަށް މިިދިޔަ މޭ މަހު އިންޑިއާ ފުލުހުން ކްލިއަރެންސް ދީފައިވަނީ ލަގްޒަރީ ކްރޫޒް ޝިޕެއްގައި އޮތް ޕާޓީއަކަށް ދިޔަ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.  އޭނާގެ އަތުގައި މަނާ ބޭސް ތަކެއް ހުރި ކަން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަން ސާބިތުވާ އެއްވެސް ހެއްކެއް ނެތް ކަމަށް އިންޑިއާގެ ނާކޮޓިކްސް އެޖެންސީން ވަނީ ބުނެފަ އެވެ. 

އުމުރުން 24 އަހަރުގެ އަރްޔާން ހައްޔަރު ކުރީ އިންޑިއާގެ މާލީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ ވެރިރަށް މުމްބާއީގެ ބޭރުން ކްރޫޒް ޝިޕްގައި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ރެއިޑެއްގެ ތެރެއިންނެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ ތިން ހަފްތާ ފަހުންނެވެ. 

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން  ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަށް މަސް ދުވަހުގެ ތަހުގީގަކުން ލިބުނު ހެކިތަކުން އާރްޔާނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ. ނަމަވެސް އިތުރު 14 މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. 

47%
ކަމުގޮސްފި
41%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް