ads
ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް
އާލިއާ ބަޓް ގެ ދަރިފުޅުގެ ފޮޓޯ ފެންނާނެ ތާރީހު އެނގޭތަ؟
އާލިއާ ބަޓްއާއި ރަންބީރު ކަޕޫރަށް އަންހެން ދަރިފުޅެއް ލިބުނީ ނޮވެންބަރު ހަ ވަނަ ދުވަހުއެވެ. އޭގެ ފަހުން ފޭނުން ތިބީ އެމީހުންގެ ދަރިފުޅު ދެކިލާ ހިތުންނެވެ.

ނަމަވެސް އެސްފީނާ އާއި ޕަޕަރާޒީންގެ އުނދަގޫ ފަދަ ކަންކަމުން ސަލާމަތް ކުރުމުގެ ބޭނުމުގައި ތުއްތު ކުދިންގެ ފޮޓޯ އިންޑިއާގެ ބޮލީވުޑްގެ ބައެއް ތަރިން އެހާ އަވަހަކަށް ހާމައެއް ނުކުރެއެވެ.  

ނަމަވެސް ބޮލީވުޑްގެ ބައެއް ނޫސްތަކަށް އާލިއާއި ގާތް މީހުން ދިން އިންޓަވިއުތަކުން ހާމަވާގޮތުން އާލިއާއި ރަންބީރުގެ ދަރިފުޅު "އަބަދު ފޮރުވައިގެން" ގެންގުޅެން އެ ދެމީހުން ނުވިސްނައެވެ. 

މި ދެ ތަރިން އަންނަނީ ވަރަށްއަވަހަށް ވެކޭޝަނަކަށް ދިއުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ވެކޭޝަނުގައި ވެސް އެމީހުންގެ ދަރިފުޅުގެ ރަހާ ކަޕޫރުގެ ފޮޓޯއެއް ނުނަގާނެއެވެ. 

އެމީހުން ދަރިފުޅުގެ ފޮޓޯއެއް އާންމުކުރަން ވިސްނަނީ ދަރިފިޅަށް ހަ މަސް ފުރުމުންނެވެ. 

"އާލިއާ ވެސް ރަންބީރު ވެސް އަބަދު އެމީހުންގެ ދަރިފުޅު ފޮރުވައިގެން ނުގެންގުޅެވޭނެކަން އެނގޭ. އެ ސްޓްރެސް އިން ވެސް ސަލާމަތްވާނެ ހަ މަސް ވުމުން އާލިއާ ދަރިފުޅުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލުމުން." އާލިއާ އާއި ގާތް މީހަކު އިންޑިއާގެ ނޫހެއްގައި ބުނެފައިވެއެވެ.

your imageއާލިއާ ރަންބީރް

މި ދެމީހުން އެކަކު އަނެކަކާ ހިތާވެގެން އުޅޭތާ ދެތިން އަހަރު ފަހުން، މި ދެމީހުން ކައިވެނި ކުރީ މިއަހަރުގެ ކުރީކޮޅު އެވެ.

އެމީހުން ބަލިވެ އިންކަން އިއުލާން ކުރަނީ މިއަހަރުގެ ޖޫން މަހު އެވެ. އެކަމުގެ ސަބަބުން އެންމެން ހައިރާންވިއެވެ. 

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަކީ މިހާރު މައިންބަފައިންނާއި ހަޔާތުގެ އެންމެ ޝައުގުވެރި ބާބުގަ އެވެ. އާލިއާ ތުއްތު އަންހެން ކުއްޖަކަށް މަރުހަބާ ކިޔުމުގެ ކުރިން ބަތަލާ ވަނީ ދަރިފުޅު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ވެސް ދާދިފަހުން ވަނީ ވާހަކަ ދައްކާފައެވެ.

އާލިއާ ބުނެފައިވަނީ ދަރިފުޅު ވަކިކަމެއް ކުރުވަން އެއްވެސް ފޯރިއެއް ބާއްވަން ނުވަތަ އެއްވެސް މާޔޫސްކަމަކާ ކުރިމަތިލާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން، "އެޖާގަ ހުސްކޮށް" ބޭއްވުން ބުއްދިވެރިކަމަށެވެ. ދަރިފުޅު އެކްޓުކުރަން ވެސް މަޖުބޫރު ނުކުރަނެކަމަށް އޭނާ ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް