ads
މަޖިލިސް
އަންނަ އަހަރަށް ކަނޑައެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސް ކޮށްފި
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ބަޖެޓު ފާސް ކުރުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބަޖެޓު ފާސްކުރުމަށް 61 މެމްބަރަކު ވޯޓު ދެއްވި އިރު، ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. 

ދައުލަތުން މަޖިލީހަށް ހުށަހެޅި، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަރު ކޮމިޓީއާއި، އިގްތިސާދީ ކޮމޮޓީން އެކުވެގެން އުފެއްދި ބަޖެޓު ކޮމިޓީއިން ބަޖެޓް ދިރާސާ ކުރުމަށްފަހު ތަޅުމަށް ފޮނުވީ، ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކޮށް ޖުމްލަ 42.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސް ކުރުމަށެވެ. 

މީގެ އިތުރުން މަޖިލީހުން މިއަދު ވަނީ، މި އަހަރުގެ ބާކީ އޮތް މުއްދަރަކަށް އިތުރު ފައިސާ ބޭނުންވެދާނެ ކަމަށް ލަފާކޮށް ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުވެސް ފާސްކޮށްފަ އެވެ. 

އަންނަ އަހަރަށް ދައުލަތުން އަންދާޒާ ކުރާ ގޮތުގައި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ޖީއެސްޓީ އިތުރު ކުރުމުން، 3.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވާއިރު، ޓެކުހުގެ ގޮތުގައި، 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ އަންދާޒާ ކޮށްފަ އެވެ. 

މި ބަޖެޓާއި ގުޅިގެން މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، މި ބަޖެޓަކީ، ވޭތުވެދިޔަ ތަނުގައި ކުރެވުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް، ތައްޔާރު ކޮށްފައިވާ ބަޖެޓެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ބަޖެޓުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުންގެ ފުދުންތެރިކަމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް