ads
އާމިރު ހާން އަދި ދަރިފުޅު އިރާ ހާން
އާމިރު ހާންގެ އަންހެން ދަރިފުޅު އެންގޭޖްކޮށްފި
ބޮލީވުޑްގެ ސުޕަ ސްޓާ އާމިރު ހާންގެ އަންހެން ދަރިފުޅު އިރާ ހާން އެންގޭޖް ކޮށްފިއެވެ.

އޭނާ އެންގޭޖްވެފައި ވަނީ ނޫޕޫރު ޝިކާރޭ ކިޔާ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރަކާއެވެ. 

އެންގޭޖް ކުރުމަށް ވަނީ ހޯމަ ދުވަހު ހަފްލާއެއް ބާއްފާއެވެ. އެ ހަފްލާއަށް ދައުވަތި ދީފައިވަނީ އާއިލާ މީހުންނާއި ގާތް ރަހުމަތްތެެރިންނަށް އެކަންޏެވެ. 

ބުނެވޭ ގޮތުގައި އިރާ އާއި ނޫޕޫރު ވަރަށް އަވަހަށް ކައިވެނި ވެސް ކުރާނެއެވެ. 

your imageއިރާ އަދި ނޫޕޫރު

އިރާ އާއި ނޫޕޫރުގެ އެންގޭޖްމަންޓް ޕާޓީގައި ބައިވެރި އިރާގެ އާއިލާގެ ތެރޭގައި އާމިރު އާއި ރީނާ ދައްތާ އާއި އެކު އާމިރުގެ ދެވަނަ ކުރީގެ އަންހެނުން ކިރަން ރާއޯ އާއި އެކު ދަރިފުޅު އަޒާދު ރާއޯ ހާން އާއި އާމިރުގެ ކޮއްކޮ އިމްރާން ހާން އާއި މަންމަ ނިޚަތު ހާން އާއި އަންހެން ދަރިފުޅު އިމާރާ އާއި އެއްބަނޑު އެއްބަފާ ކޮއްކޮ މަންސޫރު ހާން އަދި މަންމަ ޒީނަތު ވެސް ހިމެނެ އެވެ. މީގެ އިތުރުން ވިޖޭ ވަރްމާ، ފާތިމަތު ސަނާ ޝައިޚް، އަޝުތޯޝް ގޮވާރިކާ، ގުލްޝާން ދޭވައިޔާ، އަދި އަކްޝަރާ ހާސަން ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ނޫޕޫރު އިރާއަށް ޕްރޮޕޯޒް ކޮށްފައިވަނީ އެތްލެޓިކް އިވެންޓެއްގެ ތެރެއިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް