ads
ިއިރާންގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު---
އިރާނުގެ ހެލްތު މިނިސްޓަރުގެ ނައިބު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ
އިރާނުގެ ހެލްތު މިނިސްޓަރުގެ ނައިބު އިރާޖް ހަރިރްޗީ ކޮރޯނާ ވައިރަހަށް ޕޮޒިޓި ވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އިރާޖް ހިއްސާ ކުރެއްވި ވީޑިއޯގައި އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަން ހާމަކުރައްވާފައިވާއިރު އަމިއްލައަށް އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް އިރާޖު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މިހާރު ފަރުވާ ކުރައްވަމުން އަންނަ ކަމަށް ވެސް އިރާޖު ވިދާޅުވިއެވެ.

އިރާނުގައި މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން 15 މީހުން ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަހަށް މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 2700 މީހުން ވަނީ އެވައިރަސްގެ ސަބަބުން މަރުވެފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް