ފ. ނިލަންދޫ ފަޅު ތެރޭގައި ދެ ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށު ކައުންސިލުން ނިންމީ، ޓޫރިޒަމް މިނިސްޓްރީގެ ލަފާގެ މަތިން، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުއެވެ. ޑރ. މައުސޫމް ވިދާޅުވީ ފ. ނިލަންދޫ ކައުންސިލްގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ޑރ. މައުސޫމް މިހެން ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނަވައިގެން ސީއެންއެމާ ވާހަކަ ދައްކަވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިލަންދޫ ފަޅުގައި ދެ ރިސޯޓް ހެދުމަށްޓަކައި ރަށު ކައުންސިލުން ގެންގުޅޭ ވިސްނުމަކީ އެއް ރިސޯޓް ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށް އަދި އަނެއް ރިސޯޓު އިންޓަގްރޭޓް މޮޑެލްއަށް ތަރައްގީ ކުރަން ކަމަށެވެ.