ads
ތިލަމާލެ ބްރިޖުގެ ކުރެހުމެއް
ތިލަމާލެ ބްރިޖް އަޕްޑޭޓް: މާލޭ ކޮޅުން އެއްގަމު ތަނބުގެ މަސައްކަތް ނިމިއްޖެ
މާލެއާ ވިލިނގިލި އަދި ތިލަފުށިން ގޮސް ގުޅީފަޅާ ގުޅުވާލާ ތިލަމާލެ ބްރިޖްގެ މަސައްކަތުގައި މާލޭގައި އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީންނެވެ.

ތިލަމާލެ ބްރިޖް މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގް ކޮމިޓީގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފަސްވަނަ ބައްދަލުވުމުގައިވަނީ ޕްރޮޖެކްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި، އަދި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ޓައިމްލައިންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ. ބައްދަލުވުމުގެ ތެރެއިން މި ކޮމިޓީއާއި، ޕްރޮޖެކްޓްގެ ޓީނުންވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ގޮސް މަސައްކަތް ބައްލަވާފައެވެ. 

 

މައުލޫމާތު ލިބިފައިވާ ގޮތުގައި  އެއްގަމު ތަނބުގެ މަސައްކަތަށް ފަހު، މޫދުގައި ޖަހާ ތަންބުތައް ޖެހުމުގެ ކުރިން، ޓެސްޓް ތަނބު ޖެހުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. މިކަމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަ ވަނީ ހަދާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ.

36%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް