ads
ތަރުޖަމާން މިއުވާން
ރާއްޖެ ބަނގުރޫޓެއް ނުވާނެ، މިއަހަރުތެރޭ އިގުތިސޯދު ކުރިއަރާނެ: ސަރުކާރު
މިއަހަރުތެރޭ ރާއްޖޭގެ އިގުތިސޯދު 12 އިންސައްތަ ކުރިއަރާނެ ކަމަށާއި، ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖެ ބަނގުރޫޓުވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އިގުތިސޯދު މިއަހަރު ގާތްގަނޑަކަށް 12.3 އިންސައްތަ ކުރިއަރާނެ ކަމަށާއި، އަންނަ އަހަރު 7.6 އިންސައްތަ ކުރިއަރާނެ ކަމަށެވެ.

”ރާއްޖެ ބަނގުރޫޓެއް އިރާދަކުރެެއްވިއްޔާ ނުވާނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިކޮނަމިކް ޕޮލިސީގެ ތެރެއިން ރާއްޖޭގެ އިގުތިސޯދު މެނޭޖުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެެއް މިދަނީ ކުރަމުން، “ މިއުވާން ވިދާޅުވި އެވެ.

އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް  ފާހަގަކުރަމުން ގެންދާކަމަށް މިއުވާން ވިދާޅުވި އެވެ. އަދި އިގްތިސޯދީ ގޮތުން އަންނަ ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންގެ ޖީބަށް އޭގެ އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދިނުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅެއް އަޅަމުންދާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. 

ޓެކްސް ނެގުމުގައި ގެނައި ބަދަލުތަކަކީވެސް އެމަގުން ސަރުކާރުން ގެނައި ބަދަލެއްކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އެހެން ގައުމުތަކަށް މެދުވެރިވިފަދަ ދަތި ހާލަތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ދެންވެސް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް