ads
އިސްރާއީލު ސިފައިން ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި
އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނު ޒުވާނަކު ޝަހީދުކޮށްލައިފި
އިސްރާއީލުގެ ހައްދުފަހަނަ އެޅި ސިފައިން، ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފި އެވެ.

މިއަދުގެ ވަގުތެއްގައި ފަލަސްތީނުގެ ހައްވާރާ އަވަށުގެ ޒުވާނެއްގެ ގަޔަށް ބަޑަޖަހާ ޝަހީދު ކޮށްލާފައި ވަނީ،އެ ޒުވާނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގަ އެވެ. 

ޒުވާނާގެ ގައިގައި ހިފައިގެން ހުރެ އިސްރާއީލު ސިފައިންގެ މިހާ ޒުވާނާގަޔަށް ބަޑި ޖެހުމާއި ގުޅިގެން އެ ޒުވާނާ ބިން މައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ ތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އަދި މިހާތަނަށް އިސްރާއީލުން މިކަމާއި ގުޅިގެން ރަސްމީ އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. 

އެ ޒުވާނާ ބިން މައްޗަށް ވެއްޓުން ފަހުންވެސް އިސްރާއީލުގެ ސިފައިންގެ މީހާ ވަނީ، އެ ޒުވާނާ ގަޔަށް ދެ ފަހަރު ބަޑި ޖަހާފަ އެވެ. 

އެހެން ނަމަވެސް އިސްރާއީލުގެ ބައެއް މީޑިއާ ތަކުން ބުނެފައިވަނީ، ފަލަސްތީނުގެ ޒުވާނާ ގަޔަށް ބަޑިޖެހީ، އިސްރާއީލު ސިފައިންގެ މީހާގެ ބަޑި ނަގަން އުޅުމުން ކަމަށެވެ. އެހެން ނަމަވެސް ދައުރުވަމުންދާ ވީޑިއޯ ތަކުން މިފަދަ އެއްވެސް މަންޒަރެއް ނުފެނެ އެވެ. 

މިއީ ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭ އިސްރާއީލު ސިފައިން ޝަހީދު ކޮށްލި ފަލަސްތީނުގެ 10 ވަނަ މީހާ އެވެ. އަދި މިއީ، ފާއިތުވި ދެ މަސް ދުވަސްތެރޭ އިސްރާއީލު ސިފައިން ޝަހީދު ކޮށްލި ފަލަސްތީނުގެ 54 ވަނަ މީހާ އެވެ. 

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް