ads
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
ބަނގުރާ ގެންގުޅުނު އިންޑިޔާ މީހާކު ހައްޔަރުކޮށްފި
މާލޭގައި ބަނގުރާ ގެންގުޅުނު އިންޑިޔާ ފިރިހެނަކު 30 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ބަންދު މުއްދަތު ޖަހާފައިވަނީ އުމުރުން 26 އަހަރުގެ އިންޑިޔާ ފިރިހެނަކަށެވެ. އޭނާގެ މައްޗަށް ބަނގުރާ ގެންގުޅުމުގެ ތުހުމަތު ފުލުހުންކޮށްފައިވާއިރު، އޭނާއަކީ ގަވައިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެއެވެ. އަދި ބިދޭސީންގެ ތެރޭގައި އެކިއެކި ކުށްތައް ގިނައެވެ. 

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ހުކުރު ދުވަހު މި އިންޑިޔާ މީހާ ބަންދު ކުރަން ނެރުނު ކޯޓު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އޭނާ ބަންދުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް