ads
މާލެ ސިޓީ
ބަރަހަނާ ހާލުގައި މަގުމަތީ އުޅުނީ ނަފްސާނީ އަންހެނެއް: ފުލުހުން
އޭނާ ހުރީ ފުލުހުންގެ ބަންދަކު ނޫން
ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އެބަދޭ
ބަރަހަނާ ހާލުގައި މާލޭ މަގުމަތީ އުޅުނު ބިދޭސީ އަންހެން މީހާއަކީ ނަފްސާނީ މީހެއް ކަމަށާއި، އޭނާ ގައުމަށް ފޮނުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ބަރަހަނާ ހާލުގައި އަޑުގަދަ ކުރަމުން އަންހެނަކު މަގުމާތީ ހިނގާފައިދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފައެވެ. 

އެ މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ”ސީއެންއެމް“ އަށް ބުނީ، އެމައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށާއި، ބެލިބެލުމުން އެއީ ނަފްސާނީ ބަލި މީހެެއްކަން އެނގިފައިވާ ކަމަށެވެ. އަދި ”އޭނާގެ ސްޕޮންސަރާއި“ މިހާރު އޭނާ ހަވާލުކޮށްފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ އޭނާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމަށް ފުލުހުން ބުންޏެވެ.

“އޭނާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކަށްވުމުން ފުލުހުންގެ ބެލުމުގެ ދަށުން އޭނާގެ ސްޕޮންސަރާއި ހަވާލުކޮށް އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ދަނީ ފަރުވާދެމުން. އަދި އަބުރާ ގައުމަށް ފޮނުވާލުމަށް ކުރަންޖެހޭ މަސައްކަތް އާއިލާ އާއި ސްޕޮންސަރާއި ގުޅިގެން ދަނީ ކުރަމުން، “ ފުލުހުން ބުންޏެވެ.

އޭނާ މާލޭގައި ހުރީ ކޮން ބޭނުމަކު ކަމެއް އަދި އޭނާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން ސާފުކޮށެއް ނުދެއެވެ. 

ބަރަހަނާވެގެން މަގުމަތީ އުޅޭ މައްސަލަތައް މީގެ ކުރިންވެސް ހިނގާފައި ވެއެވެ. އަދި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާއި، މިސްކިތްތަކަށް ވަދެ ކުޑަކަމުގޮސް، ޤުރުއާން އަށް ކުޅުޖެހުންފަދަ ކަންކަންވެސް މީގެން ކުރިން ކޮށްގެން ތަކުރާރުކޮށް މިފަހުން މީހުން ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް އެފަދަ ކޮންމެ މީހެއް ދޫކޮށްލަނީ ”ނަފްސާނީ ބަލި މީހެއް“ ކަމަށްވާތީ އެވެ. 

ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް ހެދި މައްސަލާގައި ހައްޔަރުކުރި މީހަކުވެސް ނަފްސާނީ ބަލި މީހެއް ކަމަށް ބުނެ ދޫކޮށްލިފަހުން ތޫނު އެއްޗެއް ބޭނުންކޮށްގެން އާންމުތަނެއްގައި މީހަކަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް