
މިއީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން އެޗްޑީސީ އިން ހުޅުމާލޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާހިމަނައި އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް އެޗްޑީސީން ކަނޑައެޅި ދެ އެމްބެސެޑަރުންނެވެ.
އެގޮތުން އެމްބެސެޑަރު ކަމަށް އައްޔަން ކޮށްފައި ވަނީ، އެ ކުންފުނީގެ ދެ މުވައްޒަފުން ކަމުގައިވާ އާމިނަތު އިރާޝާ އަދި އަހުމަދު ނަޖީބް އެވެ.
އެޗްޑީސީގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެޗްޑީސީން އަންނަނީ މުޖުތަމައުގެ ތެރޭގައި ހުރި މުހިއްމު ކަންކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަ ކުރެވެއެވެ.