ads
ސުހާނާ، ތާރާ އަދި ހުޝީ
ތިން ތަރިންގެ ދަރިންނާއެކު މަސައްކަތް ކުރެވޭތީ އުފާވޭ: ތާރާ
ޝާހުގެ އަންހެން ދަރިފުޅާއި އަމީތާބުގެ ކާފަ ދަރިފުޅު އަދި ސްރީދޭވީގެ ދަރިފުޅު އެއް ފިލްމަކުން ސިނަމާއަށް ނުކުންނަ "ދަ އާޗީޒް" ގެ ސެޓުގައި ތަރާ ޝަރުމާ ފޮޓޯ ނަގައި މި ފިލްމުގެ މަތިން އަނެއްކާވެސް ހަނދާންކޮށްފީފައެވެ.
Advertisement

ތާރާ ޝަރުމާ މި ފިލްމުން ފެނިގެން ދާއިރު، އޭނާ ކުޅޭ ރޯލެއް އަދި ހާމައެއް ނުކުރެއެވެ. 

"މި ދެ ކަނބަލުންނާއެކު މަސައްކަތް ކޮށް ފެނިދެނިވެ އުޅެވުނީތީ ވަރަށް އުފާވޭ،" ތާރާ ސެޓުގައި ނަގާފައިވާ ފޮޓޯ ހިއްސާކުރުަމުން ތާރާ ބުންޏެވެ. 

އަގަސްތާ ނަންދާ އާއި ސުހާނާ ޚާން، ޚުޝީ ކަޕޫރުގެ ފިލްމު "ދަ އާޗިސް" ގެ ޕޯސްޓަރާއި ޓީޒާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. 

އަގަސްތާ ނަންދާ އަކީ އަމީތާބް ބަޗަންގެ ކާފަ ދަރިފުޅެކެވެ. އޭނާގެ މަންމަ އަކީ ޝުވެތާ ބަޗަން އެވެ.

ސުހާނާ ހާން އަކީ ޝާހުރުކް ހާންގެ އަންހެން ދަރިފުޅެވެ.

ހުޝީ ކަޕޫރަކީ ސްރީދޭވީގެ އަންހެން ދަރިފުޅެވެ.

your imageސުހާނާ، އަގަސްތާ ނަންދާ، އަދި ހުޝީ

މި ފިލްމަކީ ދަ އާޗީސް ކޮމިކްގެ އެޑެޕްޓޭޝަނެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ޒޯޔާ އަހްތަރެވެ.

ޕޯސްޓަރުގައި މި ތިން މީހުންވެސް އެކި އަވަޓަރުތަކުގައި ފެންނާނެއެވެ. މި ތިން މީހުންގެ އިތުރުން އެމީހުންގެ މައިންބަފައިންނާ އާއިލާ މީހުން ވެސް މި ފިލްމަށް ވަރަށް ފޯރިއެބަހުއްޓެވެ.

ފޭނުން ފެށިގެން ސެލެބްރިޓީންނާ ހަމައަށް މި ޕޯސްޓަރާއި ޓީޒާއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންދާއިރު، ފިލްމުގެ ޓީޒާ ވެސް ހިއްސާކޮށްފައިވާއިރު ފިލްމުގެ މުޅި ކާސްޓުން އެމީހުންގެ ކެރެކްޓަރުތަކުން ފެނި މަޖާކޮށް އުޅެ އެވެ.

މިއާއެކު އާޗީ އާއި އޭނާގެ ގޭންގާއި ދެމެދު އޮތް އެކުވެރިކަމާއި ގުޅުން ފެންނަން ހުރެއެވެ.

އަމީތާބް ބައްޗަން ވަނީ އޭނާގެ ކާފަދަރިފުޅުގެ ފުރަތަމަ ފިލްމުގެ ޕޯސްޓަރ ހިއްސާ ކުރަމުން ހާއްސަ މެސެޖެއް ވެސް ލިޔެފައެވެ.

އޭނާ ލިޔުއްވާފައިވަނީ 'އަނެއްކާ ދަރިއަކު ކުރިއަށް ދަނީ' ކަމަށެވެ. އަހަރެންގެ ކާފަދަރިފުޅު...ގިނަ ނިޢުމަތްތަކެއް ލައްވާށި އަގަސްތާއަށް. ލޯބިވޭ.' ކަމަށެވެ.

your imageއަގަސްތާ ނަންދާ

ސުހާނާ، ހުޝީ އަދި އަގަސްތާ ވަނީ އެކްޓުކުރަން ނުކުތުމުގެ ކުރިން އެކްޓިން ގެ ރޮގުން ކިޔަވާފައެވެ.

މި ފިލްމުގެ ޓީޒާ ރިލީޒް ކޮށްފައިވާއިރު މި މީހުންގެ ސިފަ ވަރަށް ތަފާތެވެ.

މި ތިން މީހުންގެ އިތުރުން މި ފިލްމުގައި މިހިރު އަހޫޖާ، ޔޫވްރާޖް މެންޑާ، ވެޑަންގް ރަޔާނާ، ފެންނާނެއެވެ.

ފިލްމުގެ ޓީޒާއިން ފެންނަނީ މުޅި ކާސްޓުން އެމީހުންގެ ރޯލުގައި މަޖާ ކުރަމުންދާ މަންޒަރު ފެނެ އެވެ.

މިއާއެކު އާޗީ އާއި އޭނާގެ ގޭންގާއި ދެމެދު އޮންނަ އެކުވެރިކަމާއި ގުޅުން ވެސް އެއިން ފެންނަން ހުރެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް