ads
ޕޫޓިން ކުއްތާއަކާއެކު
މަގުމަތިވެފައިވާ ކުއްތާ ގޮއްވައިގެން ޖާނުން ފިދާވުމުގެ ހަމަލާ ދޭން ރަޝިޔާއިން ރާވައިފި
މަގުމަތިވެފައިވާ ކުއްތާ ލައްވައި ޖާނުން ފިދާވުމުގެ ބޮމުގެ ހަލާދީގެން ޔޫކްރެއިން އަށް ހަމަލާ ދޭން ރަޝިޔާއިން ރާވައިފި އެވެ.

މިގޮތަށް ހުށަހަޅާފައިވަނީ ކޮމިއުނިސްޓު ޕާޓީގެ ޑެޕިއުޓީ ލީޑަރު ވިކްޓާ މަކަރޯވް އެވެ.

އޭނާ ބުނެފައިވަނީ ރަޝިޔާގައި މަގުމަތިވެފައިވާ ކުއްތާތައް ގައިގައި ބޮން ހަރުކޮށްގެން ފޮނުވައިގެން ޔޫކްރެއިންގެ ޓޭންކުތައް ގޮއްވާލެވިދާނެކަމަށެވެ. 

"މީއީ ރަޝިޔާގައި މަގުމަތިވެފައިވާ ކުއްތާތަކުގެ މައްސަލަ ހައްލުވާނެ ގޮތެއް،" އޭނާ ރަޝިޔާ ސަރުކާރުގެ ކެބިނެޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވެ އެވެ. 

މީގެ ކުރިން އޭނާ ވަނީ މަގުމަތިވެފައިވާ ކުއްތާތައް ޗައިނާއަށް ފޮނުވުމަށް ވެސް ހުށަހަޅާފައެވެ. 

މަކަރޯވް ގެ އެއްވެސް ހުށަހެޅުމެއް ރަޝިޔާ ސަރުކާރުން އަދި ބަލައެއް ނުގަނެ އެވެ.

ޔޫކުރެއިން އާއި ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ކުރަމުން ގެންދާތާ މިހާރު 10 މަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް ރަޝިޔާއަށް މާބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. 

މި ކުރު މުއްދަތުގެ ތެރޭގައި 32،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.  

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް