ads
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
ޑިއުޓީ ވަގަށް ފްރީން ސިނގިރޭޓް ނެރުމުގައި ފުލުުހުންގެ އިސް އޮފިސަރުންތަކެެއް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ސިނގިރެޓް ބޭރުކުރުމުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ބައިވެރިވާތީ އެ މައްސަލަ ބަލަން ފަށައިފިއެވެ.
Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ސިނގިރެޓް ބޭރުކުރަން އުޅުނު މައްސަލަގައި މިހާތަނަށް 3 ީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އެއާޕޯޓްގައި މަސައްކަތް ކުރާ މީހަކާއި ފުކުހެއްގެ އިތުރުން ސިފައިންގެ މީހެކެވެ. 

ވަގަށް ސިނގިރޭޓް ބޭރުކުރުމުގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ބައިވެރިވިކަމަށް ތުހުމަތުކުރެވޭތީ އެކަން ބަލަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މި އޮފިސަރުންގެ އެކައުންޓުތަކުގައި ގިނަ އަދަދަކަށް ފައިސާ ދައުރުކޮށްފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ. 

މި މައްސަލާގއި އެންމެ ފުރަތަމަ ހައްޔަރުކުރީ މ. ސިލްވަނެސްޓް، އުމުރުން 46 އަހަރުގެ އަހުމަދު އަފްޒަލާއި ދަފްތަރު ނަމްބަރު ރސ. 14358، އުމުރުން 38 އަހަރުގެ ޔޫސުފް ނަޒީރު އެވެ. މި ދެމީހުންގެ ތެރެއިން ޔޫސުފް ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެހެންނަމަވެސް ކޯޓުން ވަނީ މި ދެމީހުން ދޫކޮށްލާފައެވެ. 

އޭގެ ފަހުން މި މައްސަލާގައި ސިފައިންގެ މީހަކު ހައްޔަރުކުރިއެވެ. އެއީ ނ. ވެލިދޫ ގަސްކަރަ އުމުރުން 23 އަހަރުގެ މުހައްމަދު އައިހަމްއެވެ. 

މި މީހުން އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރާކަން ފަޅާ އެރީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނުމުންކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް