ads
އެމްއެމްއޭއާ ދިމާ ޖެޓީ
އެމްއެމްއޭ ކައިރިން މޫދަށް ޑްރަގްސް އުކާލި މީހަކު އުމުރަށް ޖަލަށް
އެމްއެމްއޭ ބިލްޑިން ކައިރިން މޫދަށް މަސްތުވާތަކެތި އުކާލި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން އަންނަން ފެށުމުން، ހަ ބްލެޓުގައި ގާތްގަނޑަކަށް 59 ގްރާމްގެ ޑައިމޯފިން މޫދަށް އުކާލީ މ. ގުލްސަންޕާގޭ އަހްމަދު އަރީޝް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ 100000 ޖޫރިމަނާއެއްގެ ހުކުމް ކުރީ ބުދަ ދުވަހުއެވެ. 

މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހިނގި ހާދިސާއެކެވެ. އެ މީހާ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ފުލުހުން ދިޔައީ އޭނާއަށް ފާރަލަމުންނެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ހުކުމް ކުރީ ގާޒީ މުހައްމަދު މިސްބާހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް