ads
ރ. މަޑުއްވަރި
މަންމަގެ ގިފިލީގައި ޑްރަގްސް ފޮރުވި ދަރި އުމުރަށް ޖަލަށް
މަންމަގެ ގިފިލީގައި މަސްތުވާތަކެތި ވަޅުލައި ފޮރުވައިގެން އުޅުނު މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލާން ހުކުމް ކުރި މި މީހަކީ، ރ. މަޑުއްވަރީ ފިރިހެނެކެވެ. އޭނާއަކީ 2018 ވަނަ އަހަރުގެ ތެރޭގައި އޭނާގެ މަންމަގެ ގިފިލީގައާއި ވަޅުލައިގެން މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ފުރަތަމަ ކޯޓުގައި އޭނާ އިއުތިރާފުވީ ނަމަވެސް ފަހުން އޭނާވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100000 ރުފިޔާގެ ޖޫރިމަނާއެއް އައީއެވެ. 

މި މައްސަލައިގައި ކުށް ސާބިތުވި މީހާގެ މަންމަވެސްވަނީ ތަހުގީގުގައި ބަޔާން ދީފައެވެ. މަސްތުވާތަކެތި ފޮރުވާފައި ހުރީ މަންމަގެ ގިފިލީގައެވެ.

 

63%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް