ads
ނ.މާފަރު އެއަރޕޯޓު ފޭސް 2 ތަރައްޤީ ކުރުމުގެ ކޮންޓްރެކްޓް ގައި ސޮއިކުރުން.
މާފަރު އެއާޕޯޓް ތަރައްގީ ކުރަން 444.2 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް
ނ. މާފަރު އެއަރޕޯޓު ތަރައްގީ ކުރުމުމުގެ 444.2 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފި އެވެ.

އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ން ފަންޑް ކުރާ މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަބޫދާބީ ފަންޑުން މި މަޝްރޫޢަށް 27،180،835 އެމެރިކާ ޑޮލަރު(ގާތްގަނޑަކަށް 418 މިލިއަން ރުފިޔާ)ގެ އެހީ ގެ ގޮތުގައި ދީފައިވާ އިރު، ދިވެހި ސަރުކާރުން 25،147،708 ރުފިޔާ ހޭދަކުރާނެ އެވެ. ޖުމްލަ 444،276،189 ރުފިޔާ ހަރަދުވާ މި މަޝްރޫއުއަށް ސަރުކާރުން ހަރަދު ކުރަނީ ޖީއެސްޓީއަށް ހިނގާ ހަރަދެވެ.

މި މަޝްރޫޢުގެ ދަށުން މާފަރު އެއާޕޯޓުގެ ރަންވޭ Boeing 777-ER300 ބޯޓް އޮޕަރޭޓް ކުރެވޭ ވަރަށް ބޮޑުކުރާނެ އެވެ. އެގޮތުން އިތުރު 650 މީޓަރަށް ރަންވޭ ދިގުކުރުމާ އެކު ސްޓްރިޕް ފުޅާކުރުމަށް ޓަކައި ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި މިހާރު ބޭނުން ކުރަމުންދާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކޮށް، ޓެކްސީވޭ ފުޅާ ކުރުމުގެ މަސައްކަތް ވެސް ދެ ވަނަ ފިޔަވަހީގެ ދަށުން ކުރާނެކަމަށާއި މި މަޝްރޫޢު ގެ ތެރެއިން AGL އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ޕަވަ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެމްޓީސީސީ އާ މި މަސައްކަތް ހަވާލު ކުރުމުގެ ކޮންޓްރެކްޓް ގައި ސޮއި ކުރުމަށް އިއްޔެ އިންފްރާސްޓްރަކްޗަ މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި އެ މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް