ads
އަންހެމީހާ މަރާލިކަމުގެ ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ
ނޮޅިވަރަމް މަރު: ތުހުމަތުކުރެވޭ ފިރިހެންމީހާ އަމިއްލައަށް ފުލުހަށް ދިއުމުން ހައްޔަރުކޮށްފި
ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.

”ސީއެންއެމް“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިރިހެންމީހާ ވަނީ އަންހެން މީހާ މަރުވި ހަބަރު ލިބުމުގެ ކުރިން، މިއަދު ކުޅުދުއްފުށީ ފުލުހުންގެ އިދާރާއަށް ގޮސް، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭކަމަށް ބުނެ ވާހަކަދައްކާފަ އެވެ. 

އެމައުލޫމާތު އެ ސްޓޭޝަނަށް ލިބުނީ، އޭގެފަހުން ނެވެ. އެހެންކަމުން އަންހެންމީހާގެ މަރާއި ގުޅިގެން ޝައްކުކުރެވޭތީ އޭނާ މިހާރު ވަނީ ފުލުހުންގެ ބަންދަށް ނަގާފައި ކަމަށް ވެއެވެ. ނަމަވެސް މިކަން އަދި ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ. ފުލުހުން ބުނީ އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

އުމުރުން 28 އަހަރުގެ އަންހެނެއް ނޮޅިވަރަމްގައި މަރާލާފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:30 ހާއިރު އެވެ. ފުލުހުން ބުނިގޮތުން ސީން އަށް އެޓެންޑުވެ ”ހޭނެތިފައިވާ މީހަކު“ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުންޏެވެ. 

އޭނާ މަރާލިކަމުގެ ތުހުމަތު ކުރަނީ އަންހެންމީހާގެ ފިރިމީހާ އދ. ފެންފުށީ އަބޫބަކުރު ފައިސަލް އަށެވެ.  އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އޭނާ މިއަދު ކުޅުދުއްފުއްްޓަށް ދިޔައީ ދަތެއްގައި ރިއްސާތީ ކަމަށް ބުނެ ކުއްލި އަކަށެވެ. 

”ސީއެންއެމް“ އަށް އެރަށު ކައުންސިލުން މައުލޫމާތު ދިންގޮތުގައި، އަންހެންމީހާ މަރުވެފައި އޮއްވާ ފެނުނީ، އޭނާގެ ކޮޓަރި ނުހުޅުވައިގެން ބެލިބެލުމުން ނެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް