ads
ގައްދޫ
ގައްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާ ނިޔާވެއްޖެ
ގައްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

ރޭ އިރާކޮޅު، ގާތްގަނޑަކަށް އަށެއް ޖެހިއިރު ގދ. ގައްދޫގައި ހިނގި މި ހާދިސާގައި ފިހުނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭނާއަށް ފަރުވާ ދެވެމުން އަންނަނިކޮށް ނިޔާވީ މިރޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަށިގަނޑުގެ ބޮޑު ބައެއް ފިހުނު އެ މީހާ ގައްދޫ ސިއްހީ މަރުކަޒަށް ދިޔައީ އަމިއްލައަށެވެ. އޭނާގެ ހާލަތު ސީރިއަސްކަމުން، ސިއްހީ މަރުކަޒުން އިތުރު ފަރުވާއަށް ފޮނުވާލީ އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

އޭނާ ނިޔާވީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެވެމުން އަންނަނިކޮށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ނިޔާވީ މިރޭ ނުވައެއް ޖެހި ފަހުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

8%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް