ads
ކޯޒްވޭއަށް މަގު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން——ފޮޓޯ އެމްޓީސީސީ
މަޑަވެލި-ހޯޑެއްދޫ އާ ކޯޒްވޭ މަސައްކަތް ފަށައިފި
ގދ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތް ފެށައިފި އެވެ.

ހޯޑެއްދޫއާއި މަޑަވެލި ރައީސް ޔާމީނުގެ ސަރުކާރުގައި ކޯޒަވޭ އަކުން ގުޅާލި އެވެ. އެހެންނަމަވެސް އެމަސައްކަތް ކޮށްފައިވަނީ އީޕީއޭއިން ލަފާދީފައިވާ ގޮތާ ހިލާފަށް ކަމަށް ބުނެ މިސަރުކާރުން ނިންމާފައިވަނީ އެމަސައްކަތް އަލުން ކުރުމަށެވެ.  

އެމްޓީސީސީން މިއަދު ބުނީ، އެމަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަވޭ ކުރުމުގެ މަސައްކަތް ކަމަށާއި، ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

your imageކޯޒްވޭއަށް މަގު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން——ފޮޓޯ އެމްޓީސީސީ

މި މަޝްރޫއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމަސައްކަތް 10 މަސްދުވަހުގެތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު ތެރެ އެވެ. މިމަސައްކަތް އެކުންފުންނާ ހަވާލު ކޮށްފައިވަނީ ޑިޒައިން ކުރުމުގެ މަސއްކަތާވެސް އެކުގައި ކުރާ ގޮތަށެވެ. 

މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުން ހިމެނެއެވެ. 

އަދި، 4596 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 1378 އަކަ މީޓަރުގެ ސަރަަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުން ވެސް ހިމެނެ އެވެ. 

މީގެ އިތުރުން، ތާރު އެޅުމާއި، ރެއިލިން، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް  ހިމެނެ އެވެ. 

މިހާރު އޮތް ކޯޒްވޭ ދޭތެދޭތެރެއިން ކަނޑާލަ އެވެ. މިދިޔަ ޖުލައި މަސްތެރޭވެސް ބަޔަކު ވަނީ އެ ކޯޒްވޭ  ތިންވަނަ ފަހަރަށް ކަނޑާލާފަ އެވެ. 

މަޑަވެލި، ހޯޑެއްދޫ އަކީ ގދ.އަތޮޅުގައި ގުޅުވާލެވުނު ދެވަނަ ޖޯޑެވެ. މީގެ 14 އަހަރު ކުރިން، 2008 ވަނައަހަރު، އެ އަތޮޅު ފަރެހާއި މާތޮޑާ ވަނީ ގުޅުވާލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް