ads
ރިޗާ އާއި ފަޒަލް---
ފަޒަލް އާއި ރިޗާގެ ކައިވެނި އެޕްރީލް މަހުގައި
ފިލްމީ ތަރި އަލީ ފަޒަލް އާއި އޭނާގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި ރިޗާ ޗައްދާގެ މިއަހަރުގެ އެޕްރީލް މަހުގައި ކައިވެނި ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ފަޒަލް އާއި 31 އަހަރުގެ ރިޗާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ދެފަންނާނުން ވެސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމަށް ނޫސްތަކުން އަންނަނީ ބުނަމުންނެވެ. 

އެގޮތުން އެޕްރީލް މަހުގެ ތެރޭގައި އެދެފަންނާނުން ކައިވެނި ކުރާނެ ކަމަށް ނޫސްތަކުން އަންނަނީ ބުނަމުންވެ. އަދި މިހާރު ދެމީހުން ވެސް މަސައްކަތް ކުރަމުން އަންނަނީ ކައިވެނި ކުރާނެ ތަނެއް ފައިނަލް ކުރުމުގައި ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އެކަން ފަޒަލް އަދި ރިޗާ ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފަޒަލް ވަނީ ވަގުތު ޖެހުމުން ކައިވެނި ކުރާނެ ކަމަށް ބުނެފައެވެ. އަދި ކައިވެނިކުރާ ނަމަ އެންމެނަށް ވެސް އެކަން އަންގާނެ ކަމަށް ވެސް ފަޒަލް ވަނީ ބުނެފައެވެ.

ބޮލީވުޑުގެ އަރަމުން އަންނަ ތަރި ފަޒަލް ވަނީ 15 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ "ހެޕީ ބާގު ޖާޔޭގީ" އާއި "3 އިޑިއޮޓްސް" އަދި "ހާމޯޝިޔާން" ގެ އިތުރުން "ބޮބީ ޖާސޫސް" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. 

ރިޗާއަކީ ވެސް އިންޑިއާގެ ފިލްމީ ތަރިއެ ކެވެ. އެގޮތުން 2008 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ރިޗާ ވެސް ވަނީ ގިނަ ފިލްމު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "ފުކްރޭ" އާއި "ރާމްލީލާ" އަދި "ސާބްޖިތު" ގެ އިތުރުން "ލަވް ސޯނިއާ" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް